1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ 5 ވަނަ ޕްރޮގްރާމް މިރޭ އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިރޭގެ ފޯރަމްގައި ތަޤްރީރުކުރައްވާނީ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އަދި ޑރ. އަނާރާ ނަޢީމް ކަމަށެވެ. މިރޭގެ މައުޟޫޢުއަކީ "ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫން" މި މައުޟޫޢުއެވެ.
ކޮންމެ އާދިއްތަ، ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ ބާއްވާ އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ ކޮންމެ ރެއަކުވެސް 21:30 އިން 22:30 އަށެވެ.
އާދިއްތަ އަދި ބުރާސްފަތި ދުވަހު އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ މާލެ ސިޓީ، އިސްލާމީ މަރުކަޒުގައެވެ.
ހުކުރު ދުވަހުގެ ރޭގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދާނީ ރާއްޖޭގެ އެކި އަތޮޅުތަކުގައެވެ. އެގޮތުން 8 އޭޕްރީލްގައި ކުޅުދުއްފުށި ސިޓީގައި އިޙްޔާ ފޯރަމް ބާއްވާފައިވާއިރު ދެން އެންމެ އަވަހަށް މި ފޯރަމް އޮންނާނީ 15 އޭޕްރީލްގައި އައްޑޫ ސިޓީގައި، 22 އޭޕްރީލްގައި ފުވައްމުލަކު ސިޓީގައި، އަދި 29 އޭޕްރީލްގައި ރ. ދުވާފަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު