އިންސާނުންގެ ތެރޭގައި ގިނައީ އަޅުކަމުގައި ހޭދަކުރާ ވަރަށްވުރެ އާދަކާދަތަކަށް ވަގުތު ހޭދަކުރާ މީހުންކަމަށް ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ.
ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމަށް ރޭބޭއްވި ޖަލްސާގައި "ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫން" މި މައުޟޫޢުއަށް ތަޤްރީރުކުރައްވަމުން ޑރ. ޒަކަރިއްޔާ ވިދާޅުވީ މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއްވާފައިވަނީ ޙަވާލުކުރެވިފައިވާ ގިނަކަންތައްތަކަކާއެކުގައިކަމަށެވެ. އެގޮތުން އަޞްރު ސޫރަތަށް ބައްލަވާލައްވަމުން ވިދާޅުވީ ޒަމާނަކީ އަޅުގަނޑުމެންގެ ޢުމުރުކަމަށެވެ.
އިންސާނުން ކުރާ ދެ ވައްތަރެއްގެ ކަންކަން ވާކަމަށާއި އެއީ އަޅުކަމާއި އާދަކާދަކަން ފާހަގަކުރައްވާ، އެތަނުން ގިނައީ އަޅުކަމުގައި ހޭދަކުރާ ވަރަށްވުރެ އާދަކާދަތަކަށް ވަގުތު ހޭދަކުރާ މީހުންކަމަށް ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ކަމެއްވެސް ހެޔޮނިޔަތަކާއިއެކު އަޅުކަމަކަށްވާފަދައިން އެކަމެއް ކޮށްފިނަމަ އެއީ އަޅުކަމެއްކަމުގައި ހިމެނިދާނެކަމަށްވެސް ވިދާޅުވިއެވެ.
ޑރ. ޒަކަރިއްޔާ ވަނީ މިރޭގެ ފޯރަމްގައި މިހާރު ދުނިޔޭގައި މަޝްހޫރުވަމުން އަންނަ ކަމެއްކަމަށްވާ އިންސާނުންގެ ސިފަ އެކި ގޮތްގޮތަށް ބަދަލުކުރުމާއި ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. ޖިސްމާނީ ރީތިކަމަށް ދުނިޔޭގައި ހޭދަކުރާ މިންވަރުގެ މައްޗަށް ތަފާސްހިސާބުތަކުގެ އަލީގައި ބައްލަވާލައްވަމުން އެކަމަށް އެތައް ބިލިޔަން ޑޮލަރެއް ދުނިޔޭގައި ހޭދަކުރާކަމަށް ވިދާޅުވިއެވެ. އަދި މާތްﷲ އިންސާނާ ޚަލްޤުކުރައްވާފައިވަނީ އެންމެ ރީތި ސޫރައިގައިކަމަށް ވިދާޅުވިއެވެ.
އިންސާނާގެ ނަފްސާއި ރޫޙަކީ ކޮބައިކަންކަމާއި ޖިސްމާއި ފުރާނަ ޙިމާޔާތްކުރުން ވާޖިބްވެގެންވާކަން ބަޔާންކުރައްވަމުން ޖިސްމާއި ނަފްސަކީ އަމާނާތެއްކަމަށާއި ޖިސްމަށް އަނިޔާ ދެނީ ކީއްވެކަމާމެދުގައިވެސް ވަނީ ރޭގެ ފޯރަމްގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އުފާވެރި ހަޔާތެއް ހޭދަކުރެވޭނީ ހަޔާތުގެ މަދު މިންވަރާމެދުވެސް ފުދުންތެރިވެ ޝުކުރުވެރިވާނަމަކަމަށްވެސް މި ފޯރަމްގައި ޑރ. ޒަކަރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު