އދ
އިން ޔުކްރޭނަށް ވަކިގޮތެއް އަދި ފަލަސްތީނަށް ވަކިގޮތެއް ގެންގުޅެނީ ކީއްވެތޯއޭ ވިދާޅުވެ ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ސުވާލު ކުރައްވައިފިއެވެ.
ޑރ. ޝަހީމް މިއަދު ވިދާޅުވީ، މުސްލިމުންގެ މުޤައްދަސް އަޤުޞާ މިސްކިތަށް ޒަޔަނިސްޓުން ވަދެ ނަމާދަށް ތިބި މީހުން މަރައި ޖަރީމާ ހިންގަމުންދާ އިރު، ޔޫއެންއާއި ދުނިޔޭގެ ޢަދުލުގެ ނިޒާމާމެދު އަޖައިބުވެވަޑައިގަންނަވާ ކަމަށެވެ. އަދި މި ދެގައުމާއިމެދު އދ. އިން ތަފާތު ކުރުން ގެންގުޅޭކަމުގެ ތުހުމަތު ޑރ. ޝަހިމް ވަނީ ކުރައްވާފައެވެ.
"ޔުކްރޭނަށް ވަކިގޮތެއް ފަލަސްތީނަށް ވަކިގޮތެއް ގެންގުޅެނީ ކީއްވެ؟ އަނިޔާއާ ދެކޮޅަށް އަޑު އުފުލަންޖެހޭ." ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވަނީ މަސްޖިދުލް އަޤްޞާގެ ދިފާއުގައި މުސްލިމު އުންމަތް ތެދުވުމަށް ވެސް މީގެ ކުރިން ގޮވާލައްވާފައެވެ. އިސްރާއީލްގެ މި އަމަލު ކުށްވެރި ކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ، އަލް މަސްޖިދުލް އަޤުޞާގެ ތެރެއަށް އިސްރާއީލްގެ ސިފައިން ވަދެ ހިންގަމުންދާ އަނިޔާވެރި އުދުވާނީ އަމަލުތައް ކުއްވެރިކޮށް، އަޤުޞާ މިސްކިތުގެ ދިފާއުގައި މުސްލިމު އުންމަތް ތެދުވަންޖެހޭ ކަމަށެވެ. އަދި އިސްރާއީލްގެ އެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާ ހިލާފު ޢަމަލުތަކެއް ކަމަށް ވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޔުކްރޭނަށް ރަޝިއާއިން ދޭ ހަމަލާތައް ހުއްޓާލުމަށް އެ ހަނގުރާމަ ފެށުނީއްސުރެ އދ. އިން އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް، މުސްލިމުންގެ އެންމެ މުގައްދަސް އެއް މިސްކިތް ކަމަށްވާ މަސްޖިދުލް އަޤްޞާ މިސްކިތު ތެރޭ މުސްލިމުން ނަމާދު ކުރަން ތިއްބާ ބަޑިހިފައިގެން އިސްރާއީލްގެ ސިފައިން ވަތް މައްސަލާގައި އދ. އިން މިހާތަނަށް ބަޔާނެއް ނެރެ ބަހެއް ބުނެފައެއްވެސް ނުވެއެވެ.
ފަލަސްތީންގެ ރައްޔިތުން ފަތިސް ނަމާދު ކުރަން އަލް އަޤްޞާ މިސްކިތުގައި ތިއްބާ އިސްރާއީލް ސިފައިން ވަދެ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީ އެ މިސްކިތުގައި ތިބި މީހުންނަށް ވެސް ވަނީ ހަމަލާ ދީފައެވެ. މި ހަމަލާތަކުގައި ޒަހަމްވި ފަލަސްތީން ރައްޔިތުންގެ އަދަދު މިހާރު ވަނީ 213 އަށް އަރާފައެވެ.

މުސްލިމުންގެ މުޤައްދަސް އަޤުޞާ މިސްކިތްތަށް ޒަޔަނިސްޓުން ވަދެ ނަމާދަށް ތިބި މީހުން މަރައި ޖަަރީމާ ހިންގަމުންދާ އިރު، ޔޫއެންއާއި ދުނިޔޭގެ ޢަދުލުގެ ނިޒާމާމެދު އަޖައިބުވަން. ޔުކްރެއިނަށް ވަކިގޮތެއް ފަލަޞްޠީނަށް ވަކިގޮތެއް ގެންގުޅެނީ ކީއްވެ؟ އަނިޔާއާ ދެކޮޅަށް އަޑު އުފުލަންޖެހޭ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 17, 2022
ފާހަގަކޮށްލެވޭ ގޮތުގައި ޔުކްރޭނަށް ރަޝިއާއިން ދޭ ހަމަލާތައް ހުއްޓާލުމަށް އެ ހަނގުރާމަ ފެށުނީއްސުރެ އދ. އިން އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް، މުސްލިމުންގެ އެންމެ މުގައްދަސް އެއް މިސްކިތް ކަމަށްވާ މަސްޖިދުލް އަޤްޞާ މިސްކިތު ތެރޭ މުސްލިމުން ނަމާދު ކުރަން ތިއްބާ ބަޑިހިފައިގެން އިސްރާއީލްގެ ސިފައިން ވަތް މައްސަލާގައި އދ. އިން މިހާތަނަށް ބަޔާނެއް ނެރެ ބަހެއް ބުނެފައެއްވެސް ނުވެއެވެ.
ފަލަސްތީންގެ ރައްޔިތުން ފަތިސް ނަމާދު ކުރަން އަލް އަޤްޞާ މިސްކިތުގައި ތިއްބާ އިސްރާއީލް ސިފައިން ވަދެ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީ އެ މިސްކިތުގައި ތިބި މީހުންނަށް ވެސް ވަނީ ހަމަލާ ދީފައެވެ. މި ހަމަލާތަކުގައި ޒަހަމްވި ފަލަސްތީން ރައްޔިތުންގެ އަދަދު މިހާރު ވަނީ 213 އަށް އަރާފައެވެ.
ކިޔުންތެރިންގެ ހިޔާލު