ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ނެތް ގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ޤަރާރުތައް ނުނެރުއްވޭނެ ކަމަށާއި އެ ގަރާރުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ގަރާރެއް ނެރުއްވާފައެެވެ. ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުންގެ ޚިޔާލު ތަފާތުވެފައިވާ މި ގަރާރުގައި މައިގަނޑު ގޮތެއްގައި އަންގަވާފައިވާ އެއް އަމުރުފުޅަކީ ''ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި (މ) އިން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން ބަޔާންވެދިޔަ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި މިކަން މި ގޮތުގެ މަތިން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި މި ގަރާރު އެކަށައެެއަޅައި.'' އެކަމަށް އަމުރު ކުރެއްވި ވާހަކަފުޅެވެ.
އެކަމާ ގުޅިގެން ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކީ ގާނޫނުގެ ބާރު އޮންނަ އެއްޗެއް ކަމަށެވެ. އެހެންކަމުން އެގަރާރު ހަވާލާދޭ ގާނޫނީ މަސްދަރެއް އޮންނަން ޖެހޭނެ ކަމަށް ދިޔާނާ ވިދާޅުވިއެވެ.
"ރާއްޖޭގެ ގާނޫނީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ހުއްދަކުރަނީ ތިން މަސްދަރަކުން. އެއީ 01. ޤާނޫނު އަސާސީގެ 115 (އ). 02. ޤާނޫނު އަސާސީގެ 115 (ވ) 254 ވަނަ މާއްދާ އާއިއެކުގައި ކިޔާލުމުން އަދި 03. (115) ވަނަ މާއްދާގެ (ގ) އާއި ޤާނޫނީ ފަންނުގެ ގާނޫނު އެކުގައި ކިޔުމުން މީގެ މަތުލަބަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނެރެވޭނީ ތިން ހާލަތުގައިކަން އެނގޭ." ގަރާރުތައް ނެރުއްވުމަށް ގާނޫނު އަސާސީން ރައީސަށް ބާރު ލިބިވަޑައިގަންނަވާ މާއްދާތަކާއި ހަވާލާ ދެއްވައި ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާން ކުރާ އެތިން ހާލަތަކީ ހަނގުރާމައާއި ސުލްހަ އިއުލާން ކުރައްވަން އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމާއި ރިޔާސީ ކޮމިޝަން އުފެއްދެވުމަށް ރައީސަށް ލިބިވަޑައިގަންނަވާ ބާރުތަކެއް ކަމަށެވެ. ދިޔާނާ ވިދާޅުވީ ރައީސްގެ ގަރާރުތަކަކީ ގާނޫނާ އެެއްފަދަ އެއްޗެއް ކަަމަށާއި މަޖިލީހުގެ ދައުރެއް އޭގައި ނެތް ގޮތަށް ރައީސަށް ގަރާރުތައް ނުނެެރުއްވޭނެ ކަމަށެެވެ.
ދިޔާނާ ވިދާޅުވީ ރިޔާސީ ގަރާރު ނެރެވޭނެ ކަމަށް އެކަމަނާ ވިދާޅުވި ތިން ހާލަތުގެ ތެރެއިން ފުރަތަމަ ދެހާލަތުގައި ވެސް ގަރާރު މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އެބައޮތް ކަމަށެވެ. އަދި ތިންވަނަ ހާލަތަކީ މަޖިލީހުން ފާސްކުރާ ގާނޫނަކުން އުފައްދާ ކޮމިޝަނެއްގެ ރިޔާސީ ގަރާރު ކަމަށް ވުމުން އެކަމުގައި ވެސް މަޖިލީހުގެ ދައުރެއް ހިމެނިފައި އެބައޮތް ކަމަށް ދިޔާނާ ވަނީ ފާހަަގަކުރައްވާފައެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ހުއްދަކުރާ ސާފު ގާނޫނީ މަސްދަރެއް އޮންނަން ޖެހޭނެ. އެގަރާރު އޮންނަން ޖެހޭނީ އެމަސްދަރުން ކަނޑައަޅާފައިވާ ހުދޫދެއްގެ ތެރޭގައި ކަމާއި އެގަރާރު އެއީ މަޖިލިސް ފާސްވާން ޖެހޭ އެއްޗެއްކަން ސާފުވޭ." ދިޔާނާ ވިދާޅުވިއެވެ.
އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވުމަށް އަމާޒު ކުރަށްވައި ރައީސް އިއްޔެ ނެރުއްވި ގަރާރާމެދު އެކި ބޭފުޅުންގެ ޚިޔާލު ތަފާތުވެ ތަފާތު ޝުޢޫރުތައް ފާޅުކުރަށްވަމުން ގެންދަވާއިރު އިދިކޮޅުން ބުނެފައިވަނީ އެ ގަރާރު ބާތިލު ކުރަން ކޯޓަށް ދާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އަދި އެފަދަ ކަމެއް އިދިކޮޅުން ވެސް ކޮށަފައެއް ނުވެއެވެ.

RJ ge qaraarakee qaanoonuge baaru (force of law) onna eccheh; ehen kamun e authorize kuraa qaanoonee masdhareh onnan jehey. Raajjeyge qaanoonee nizaamuga RJ ge qaraaru huddhakuranee 3 masdharakun; eyee (1) QA ge 115(alifu); (2) 115(vaavu), 254 aa eku kiyumun; adhi (3) 115(gaafu)
— Dhiyana 🎈?🌹 (@dhiyanasaid) April 21, 2022
ދިޔާނާ ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާން ކުރާ އެތިން ހާލަތަކީ ހަނގުރާމައާއި ސުލްހަ އިއުލާން ކުރައްވަން އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމާއި ރިޔާސީ ކޮމިޝަން އުފެއްދެވުމަށް ރައީސަށް ލިބިވަޑައިގަންނަވާ ބާރުތަކެއް ކަމަށެވެ. ދިޔާނާ ވިދާޅުވީ ރައީސްގެ ގަރާރުތަކަކީ ގާނޫނާ އެެއްފަދަ އެއްޗެއް ކަަމަށާއި މަޖިލީހުގެ ދައުރެއް އޭގައި ނެތް ގޮތަށް ރައީސަށް ގަރާރުތައް ނުނެެރުއްވޭނެ ކަމަށެެވެ.
ދިޔާނާ ވިދާޅުވީ ރިޔާސީ ގަރާރު ނެރެވޭނެ ކަމަށް އެކަމަނާ ވިދާޅުވި ތިން ހާލަތުގެ ތެރެއިން ފުރަތަމަ ދެހާލަތުގައި ވެސް ގަރާރު މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އެބައޮތް ކަމަށެވެ. އަދި ތިންވަނަ ހާލަތަކީ މަޖިލީހުން ފާސްކުރާ ގާނޫނަކުން އުފައްދާ ކޮމިޝަނެއްގެ ރިޔާސީ ގަރާރު ކަމަށް ވުމުން އެކަމުގައި ވެސް މަޖިލީހުގެ ދައުރެއް ހިމެނިފައި އެބައޮތް ކަމަށް ދިޔާނާ ވަނީ ފާހަަގަކުރައްވާފައެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ހުއްދަކުރާ ސާފު ގާނޫނީ މަސްދަރެއް އޮންނަން ޖެހޭނެ. އެގަރާރު އޮންނަން ޖެހޭނީ އެމަސްދަރުން ކަނޑައަޅާފައިވާ ހުދޫދެއްގެ ތެރޭގައި ކަމާއި އެގަރާރު އެއީ މަޖިލިސް ފާސްވާން ޖެހޭ އެއްޗެއްކަން ސާފުވޭ." ދިޔާނާ ވިދާޅުވިއެވެ.
އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވުމަށް އަމާޒު ކުރަށްވައި ރައީސް އިއްޔެ ނެރުއްވި ގަރާރާމެދު އެކި ބޭފުޅުންގެ ޚިޔާލު ތަފާތުވެ ތަފާތު ޝުޢޫރުތައް ފާޅުކުރަށްވަމުން ގެންދަވާއިރު އިދިކޮޅުން ބުނެފައިވަނީ އެ ގަރާރު ބާތިލު ކުރަން ކޯޓަށް ދާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އަދި އެފަދަ ކަމެއް އިދިކޮޅުން ވެސް ކޮށަފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު