ހިތަކީ އެންމެހާ ނުބައި ކަންތަކުން ސާފުވެގެންވާ އެއްޗަކަށް ވާންޖެހޭކަމަށް ޑރ. ޢަބްދުﷲ ޖަމީލް ވިދާޅުވެއްޖެއެވެ.
"ޙުޖުރާތު ސޫރަތުގެ އަލީގައި އިންސާނީ ކަރާމާތް" މި މައުޟޫއަށް ވާހަަކަފުޅު ދައްކަވަމުން ޑރ. ޖަމީލުވަނީ ޙުުޖުރާތު ސޫރަތާބެހޭ ގޮތުން ތަފްސީލްކޮށްދެއްވާފައެވެ. އެގޮތުން އެއީ ކީރިތި ޤުރުއާނުގެ 49 ވަނަ ސޫރަތްކަަށާއި އެއީ މަދަނީ ސޫރަތެއްކަމަށް ވިދާޅުވިއެވެ. މި ސޫރަތުގައި އެކުލެގެންވަނީ 18 އާޔަތްކަމަށާއި އޭގެ ތެރެއިން 5 އާޔަތް މާތްﷲ މުއުމިނުންނާއި މުޚާތަބް ކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.
ދޮގު ޚަަބަަރު ފެތުރުމާއިބެހޭ ގޮތުން ވާހަކަފުުޅު ދައްކަަމުން މިހާރު ދޮގު ޚަބަރުތައް ފަތުރަނީ ސޯޝަލް މީޑިއާގައިކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެެ. އެެހެެންކަމުން މިފަދަ ކަންކަން ކުރުމުގަައި ވިސްނާލަން ޖެހޭކަމަށާއި މިކަންކަން އިސްލާހު ކުރެވޭނީ ހިތް ރަނގަަޅުކުރެެވިގެންކަމަށްވެސް ވިދާޅުވިއެވެ.
މި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދުވަނީ ޙުޖުރާތު ސޫރަތުގައި ޢަމަލުކުރުމަށް އަންގަވާފައިވާ މުހިންމު ޙުކުމްތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.
އެގޮތުން ނުުރުހޭ ލަގަަބުތަކުން މީހުންނާ މުޚާތަބު ނުކުރުމަށާއި އެއް މުސްލިމަކު އަނެއް މުސްލިމަކަށްޓަކައި އަދާކޮށްދޭންޖެހޭ ހައްޤުގެ ގޮތުގައި އެކަކު އަނެކަކާމެދު ރަނގަޅަށް ހީކުރުމަށް އެދިވަަޑައިގެންނެވިއެވެ. ކޮންމެ މުސްލިމަކާމެދުވެސް ހީކުރަަންވާނީ ރަނގަޅަށްކަމަށް ޝައިޚް ވިދާޅުވިއެެވެ.
އަދި ޖާސޫސްކުރުމުގެ ނުބައިކަމަށް ބައްލަވާލައްވަމުން ޖާސޫސް ކުރެވޭނެ ހާއްސަ ޙާލަތްތައްވެސް ކިޔައިދެއްވިއެވެ. އެއްބަަޔަަކު އަނެއްބަޔަަކަށް މަލާމާތްނުކުރުމަށް އިސްލާމްދީނުގައި އަންގަވާފައިވާކަމަށާއި މަލާމާާތްކުރުމާއި ފުރައްސާރަކުރުން ނަހީކުރައްވާފައިވާކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން އެކަކު އަނެކަކަށް ޢައިބު ނުބުނުމަށްވެސް ޙުޖުރާތު ސޫރަތުގައި އަންގަވާފައިވާ ސަބަބަށް ޝައިޚު ބައްލަވާލެއްވިއެވެ.
ޝައިޚް ވިދާޅުވީ އަމާންކަމާއި އުފާވެރިކަމުގައި އުޅޭ މުުޖުތަމަަޢެއް ބިނާކުރެވޭނީ ޙުޖުރާތު ސޫރަތުގައި އަންްގާާފައިވާ މިކަންތައްތަކާ އެއްގޮތަށް ޢަމަލުތައް ބަަހައްޓައިގެންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު