1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ 13 ވަނަ ޕްރޮގްރާމް މިރޭ އޮންނާނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިރޭ އިސްލާމީ މަރުކަޒުގައި އޮންނަ އިހްޔާ ފޯރަމްގައި ތަޤްރީރުކުރައްވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނާއި އައްޝައިޚް ފައްޔާޟް ޢަލީ މަނިކު ކަމަށެވެ.
މިރޭގެ މައުޟޫޢުއަކީ "އިންސާނުންގެ ޙާލަތު ކީރިތި ޤުރުއާނުގެ އަލީގައި" ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. މި ފޯރަމް ކުރިއަށް ދާނީ މިރޭ 21:30 އިން 22:30 އަށެވެ.
ރަމަޟާން މަސް އިޙްޔާ ކުރުމަށް ބާއްވާ ފޯރަމް މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ރ. އުނގޫފާރުގައެވެ.
ރަމަޟާން މަހުގެ ކޮންމެ އާދިއްތަ، ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ ބާއްވާ އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ ކޮންމެ ރެއަކުވެސް 21:30 އިން 22:30އަށެވެ. އާދިއްތަ އަދި ބުރާސްފަތި ދުވަހު އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ މާލެ ސިޓީ، އިސްލާމީ މަރުކަޒުގައެވެ.

1443 ވަނަ އަހަރުގެ އިޙްޔާ ފޯރަމްގެ 13 ވަނަ ޕްރޮގްރާމް
— Ministry of Islamic Affairs (@MVIaffairs) April 28, 2022
މައުޟޫޢު: " އިންސާނުންގެ ޙާލަތު ކީރިތި ޤުރުއާނުގެ އަލީގައި ''
🎙ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އަދި އައްޝައިޚް ފައްޔާޟް ޢަލީ މަނިކް
📍އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމް
⏰ގަޑި: 21:30
🗓️28 އެޕްރީލް 2022 (މިރޭ) pic.twitter.com/mYvQcNiQ7c
ރަމަޟާން މަސް އިޙްޔާ ކުރުމަށް ބާއްވާ ފޯރަމް މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ރ. އުނގޫފާރުގައެވެ.
ރަމަޟާން މަހުގެ ކޮންމެ އާދިއްތަ، ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ ބާއްވާ އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ ކޮންމެ ރެއަކުވެސް 21:30 އިން 22:30އަށެވެ. އާދިއްތަ އަދި ބުރާސްފަތި ދުވަހު އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ މާލެ ސިޓީ، އިސްލާމީ މަރުކަޒުގައެވެ.
ކިޔުންތެރިންގެ ހިޔާލު