އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޒަކާތާބެހޭ އިދާރާއެއް އުފައްދައި އިންވެސްޓްކޮށްގެން ފަޤީރުކަން ނައްތާލެވިދާނެ ކަމަށް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިއަދު ވިދާޅުވީ ދިވެހިރާއްޖޭގައި ޒަކާތާބެހޭ ޚާއްސަ އިދާރާއެއް އުފެއްދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ޒަކާތާ ބެހޭ ޚާއްޞަ އިދާރާއެއް އުފައްދައި، އަހަރުން އަހަރަށް ލިބޭ ޒަކާތް ބެހުމުގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުން ވަކި މިންވަރެއް ބެހެނިވެރިންގެ ޙައްޤުގައި އިންވެސްޓްކުރުމަކީ ޤައުމުން ފަޤީރުކަން ނައްތާލެވޭނެ މަގެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"މިގޮތުން އިންވެސްޓްކުރެވޭ ފައިސާއިން ލިބޭ ފައިދާއިން ފަޤީރުންނަށް ބޭނުންވާ އެންމެހާ ޟަރޫރީ ކަންކަން ކުރެވޭނެ. މިސާލަކަށް ދިރިއުޅޭނެ އެޕާޓްމަންޓް ދިނުމާއި ބޭސް ފަރުވާއާއި ތަޢުލީމާއި މިފަދަ ކަންކަން ދަރަންޏަކާ ނުލައި ކުރެވިދާނެ." ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.



ޑރ. ޝަހީމް އިތުރަށް ވިދާޅުވީ މި ގޮތައް އުފައްދާ އިދާރާއެއް ހިންގުމަށް ދައުލަތުގެ ބަޖެޓުން ޚަރަދު ކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެއިދާރާއެއް ވަންނާނީ ޒަކާތުގެ (ޢާމިލް)ގެ މަފްހޫމުގެ ތެރެއަށް ކަމަށާއި، ނަތީޖާއަކީ އެ އިދާރާ ހިންގުމުގެ އެންމެހާ ޚަރަދެއް ކުރާނީ ސީދާ ޒަކާތުގެ ޢާމިލުންގެ ބައިންކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން މިހާތަނަށް ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 7,111,354.00 (ހަތް މިލިއަން އެއްލައްކަ އެގާރަހާސް ތިންސަތޭކަ ފަންސާސް ހަތަރު ރުފިޔާ) ވަނީ ލިބިފައެވެ.

މި މުއްދަތުގައި ޒަކާތް ދައްކާފައިވަނީ 159,290 (އެއްލައްކަ ފަންސާސް ނުވަހާސް ދުއިސައްތަ ނުވަދިހަ) މީހުންނެވެ.

މާލޭ ސިޓީގެ ފަޤީރުންގެ ލިސްޓްގައި ހިމެނިފައިވާ 1782 މީހުންގެ ތެރެއިން 1780 މީހުންގެ ފައިސާ އެ ފަރާތްތަކުގެ އެކައުންޓްތަކަށް 30 އޭޕްރީލް 2022 ވަނަ ދުވަހު ޖަމާކޮށްފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-9

ސައުދު

06-May-2022

ޒަކާތައްލިބޭލާރިކޮޅުސޮދަގާތްފައު ްްޑޭސަނައްދީގެންކާލީމަކާނުވާނެދޯ



ޓްރެންޑިން