ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކުރާ ލޯނުތަކުގެ ތެރެއިން، މަސައްކަތް ފަށައި ނުނިމި ހުރި އިމާރާތްތައް ފުރިހަމަކުރުމަށް ލޯނު ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ 'ރައްޔިތުންގެ އަޑު' ޕްރޮގްރާމުގައި، ސަރުކާރުން ތަޢާރަފުކުރުމަށް ހަމަޖެހިފައިވާ ފަސް އިންސައްތައަށް ވުރެ އިންޓްރެސްޓް ބޮޑުނުވާ ގެދޮރުވެރިކަމުގެ ލޯނު ސްކީމާ ގުޅޭގޮތުން ޢާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެ ބައްދަލުވުމުގައި ވާހަކަދެއްކި ރައްޔިތަކު ވަނީ، ގެދޮރު އެޅުމަށް %5 އިންޓްރެސްޓާއި %5 އިކުއިޓީގައި ލޯނު ދޫކުރާއިރު، މިހާރު އިމާރާތްކުރުމުގެ މަސައްކަތް ފަށައި މެދުކެނޑިފައިވާ ތަންތަން ނިންމުމަށް ވެސް މި ސްކީމުގެ ތެރެއިން ފުރުޞަތު ފަހިކޮށްދިނުމަށް އެދިފައެވެ.
މިކަމާ ގުޅިގެން ރައީސް ވިދާޅުވީ، މަސައްކަތް ފަށާފައިވާ އިމާރާތްތައް ނިންމުމަށް ފުރުޞަތު ދިނުމުގެ އިތުރުން، ޢާންމުންނަށް ލުއިފަސޭހަވާނެ އިތުރު ކަންތައްތަކެއް ހިމަނައިގެން އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން މިހާރު ކުރިއަށްގެންދާ ކަމަށެވެ. އަދި އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް އެ އުސޫލުތައް އެކުލަވާލައި ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
"ހައުސިން މިނިސްޓްރީން މިހާރު ވެސް އެ މަސައްކަތް ދަނީ ކުރަމުން. އިތުރު އައު ފުރުޞަތުތަކެއް ހުޅުވާލުމަށް މިދަނީ ތައްޔާރުވަމުން،" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު