ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އެކި ގޮފިތަކުން މުޅި މުބާރާތުގެ 1 ވަނަ އިސްމާޢީލް އިޒުއާން އިބްރާހީމް، އާޔަން އަޙްމަދު އިނާން އަދި ޢާއިޝަތު ޒީން ރިޔާޟް ކާމިޔާބުކޮށްފިއެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށްޓަކައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވަނަތަކަށް ހޮވުނު ބައިވެރިންނަށް އިނާމާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިރޭގެ ރަސްމިއްޔާތުގައި އިޢުލާންކުރި ނަތީޖާއަށް ބަލާއިރު:
ޙާފިޡުންގެ ގޮފިން މުޅި މުބާރާތުގެ 1 ވަނަ: އިސްމާޢީލް އިޒުއާން އިބްރާހީމް
ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުގެ 1 ވަނަ: އާޔަން އަޙްމަދު އިނާން
ނުބަލައި ކިޔެވުމުގެ ގޮފިން މުޅި މުބާރާތުގެ 1 ވަނަ: ޢާއިޝަތު ޒީން ރިޔާޟް
މުޅި މުބާރާތުން 1 ވަނަ ހާސިލުކުރި ބައިވެރިންނަށް އަގުހުރި ގިނަ އިނާމުތަކެއް ވަނީ ދެއްވާފައެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ފިލަޔާއި، -/100،000 (އެއްލައްކަ) ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން، ރާއްޖެއިން ބޭރުން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް އެމަނިކުފާނު ދެއްވާ ޚާއްޞަ ސްކޮލާޝިޕް ހިމެނެއެވެ.
މީގެއިތުރުން، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާއި، މޯލްޑިވްސް ޒަކާތު ހައުސް އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ދެއްވާ -/75،000 (ހަތްދިހަ ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމާއި، ތައްޓާއި ހަނދާނީ ލިޔުމުގެ އިތުރުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ހުށަހަޅާފައިވާ ޢުމްރާ ދަތުރުވެސް ވަނީ މި ބައިވެރިންނަށް އަރުވާފައެވެ.
މި ރަސްމިއްޔާތުގައި އެކި ޢުމުރުފުރާތަކުން، ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ވަނަތައް ހޯދި ދަރިވަރުންނަށްވެސް ވަނީ އިނާމާއި ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ.
މިއަހަރުގެ މުބާރާތުގެ އޮޑިޝަނުގައި 3،050 ދަރިވަރުން ބައިވެރިވުމަށް ހުށަހެޅިއިރު، އޮޑިޝަނުގައި ވާދަކޮށްފައިވަނީ 2،742 ދަރިވަރުންނެވެ. އަދި އޮޑިޝަނުން ހޮވިގެން ފައިނަލް ބުރަށް 140 ދަރިވަރުން ދަތުރުކުރި ނަމަވެސް، އެކި ސަބަބުތަކާ ހުރެ ފައިނަލުގައި ވާދަކޮށްފައިވަނީ 138 ދަރިވަރުންނެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، މައްކާގެ މަސްޖިދުލް ޙަރާމްގެ އިމާމު އަދި ޚަޠީބު ފަޟީލަތުއްޝައިޚް ޑރ. ޔާސިރު ބިން ރާޝިދު އައްދައުސަރީ ވަރަށް އަވަހަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަން އިޢުލާންކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު