ޕެރަގުއޭގެ ރައީސް ސަންތިއާގޯ ޕެންޔާ
ޕެރަގުއޭގެ ރައީސް ސަންތިއާގޯ ޕެންޔާ
ޕެރަގުއާއީގެ އެންމެ ބޮޑު އެއް ޑިޖިޓަލް ބޭންކް ކަމަށްވާ "އުއެނޯ ބޭންކް" ކުއްލި ގޮތަކަށް ބަނގުރޫޓުވެ، އެ ގައުމުގެ ގިނަ ރައްޔިތުންގެ ފައިސާ ނުލިބި ތާށިވެފައިވާ މައްސަލައާ ގުޅިގެން، އެ ގައުމުގެ ރައީސް ސެންތިއާގޯ ޕެންޔާ އިއްޔެ މަގާމުން ވަކިކޮށް ހައްޔަރުކޮށްފިއެވެ.

ޕެންޔާ މަގާމުން ވަކިކުރަން ސެނެޓުން ނިންމީ "ޔުއެނޯ ބޭންކު" ބަނގުރޫޓުވުމާ ގުޅިގެން އުފެދުނު ސިޔާސީ އަދި މާލީ ބޮޑު ކާރިސާއާ ގުޅިގެންނެވެ. އެ ބޭންކު ބަންދުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންނަށް އެމީހުންގެ އެކައުންޓުތަކުން ފައިސާ ނުނެގި، ޖަމާކޮށްފައިވާ ފައިސާ ގެއްލުމުގެ ބިރު ބޮޑުވުމާ ގުޅިގެން ގައުމުގައި ވަނީ ވަރުގަދަ މުޒާހަރާތަކެއް ފަށާފައެވެ.މި މައްސަލައިގައި ޕެރަގުއޭގެ ޕްރޮސެކިއުޓަރުން ވަނީ ރައީސް ޕެންޔާގެ މައްޗަށް ރަސްމީކޮށް ޖިނާއީ ތުހުމަތުތަކެއްކޮށް، އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި، މަގާމުގެ ޒިންމާތަކަށް އިހުމާލުވުމުގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގާނޫނުތަކާ ހިލާފުވުން ހިމެނެއެވެ.ސެނެޓަރުންގެ ބޮޑު އަގުލަބިއްޔަތަކުން ޕެންޔާ މަގާމުން ވަކިކުރުމާ އެކު، ގާނޫނީ އިދާރާތަކުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

މި ހާދިސާއަށްފަހު ޕެރަގުއޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އާ ރައީސް ވަނީ މަގާމުގެ ހުވާކުރައްވާފައެވެ. އާ ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދެއްވި ޚިތާބުގައި، ބޭންކު ބަނގުރޫޓުވުމުގެ ސަބަބުން ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ގައުމުގެ މާލީ ނިޒާމަށް އާންމުންގެ އިތުބާރު އަލުން ހޯދުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު