ޤައުމީ ފުޓުބޯޅަ ޓީމު
ޤައުމީ ފުޓުބޯޅަ ޓީމު
ޤައުމީ ފުޓުބޯޅަ ޓީމު މިއަދު ސާފް ޗެމްޕިއަންޝިޕް 2026 ގެ ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ނުކުންނާނެއެވެ.

ބަންގްލަދޭޝްގެ ޑާކާގެ ޤައުމީ ދަނޑުގައި ކުޅޭ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިއަދު މެންދުރު ފަހު 14:30 ގައެވެ.

ގުރޫޕް ބީ ގައި ހިމެނޭ ދިވެހި ޓީމު މި މެޗަށް ނުކުންނަނީ މުބާރާތުގެ ފެށުން ރަނގަޅުކޮށް، ތައްޓަށް އޮތް އުންމީދުތައް އާކުރުމުގެ އަޒުމުގައެވެ.

މެޗުގެ ވަގުތު ކައިރިވަމުން އަންނައިރު، ސަރަހައްދީ މި މުބާރާތުގައި ވާދަކުރާ ދިވެހި ޓީމަށް ކާމިޔާބު ހޯދައިދިނުމަށް މުޅި ރާއްޖެއިން އަންނަނީ ސަޕޯޓަރުންގެ ބޮޑު ތާއީދަކާއި ހޫނު އުންމީދުތަކާއެކު އިންތިޒާރުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު