ވަށަފަރު ވޮލީކޯޓު--
ވަށަފަރު ވޮލީކޯޓު--
ހއ. ވަށަފަރުގައި އެމްޓީސީސީން ތަރައްގީކުރި ވޮލީކޯޓު ހުުޅުވައިފިއެވެ.

ވަށަފަރުގައި ޒަމާނީ ފެންވަރުގެ ވޮލީކޯޓެއް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އަދި އެމްޓީސީސީން ވަނީ މި މަސް ފަށުނުތަނާ އެ ވޮލީކޯޓުގެ މަސައްކަތްތައް ނިންމާލައިފައެވެ.

އެއާއެކު ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއުވަނީ އެ ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ. އަދި އެތަން މިހާރު ވަނީ ބޭނުންވެސް ކުރަން ފަށައިފައެވެ.

ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްގީކުރުމުގެ ގޮތުން ރަށްރަށުގެ ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ މަގުސަދުގައި އެމްޓީސީސީއާ ގިނަ މަޝްރޫއުތަކެއް އޮތީ ހަވާލުކޮށްފައެވެ.

އޭގެ ތެރޭގައި އަތޮޅުތެރޭގައި ފިޓްނަސް ސެންޓަރުތަކާއި، ފުޓްސެލް ދަނޑުތަކާއި އަދި ވޮލީކޯޓުތައް ގާއިމުކުރުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު