ޅ. ނައިފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށާއި، މުޅި މަޝްރޫޢުގެ 73 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢަކީ ނައިފަރަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ސަރުކާރުން އެ ކުންފުންޏާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 2،297،510 ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ގާތްގަނޑަކަށް 209،500 އަކަމީޓަރުގެ ސަރަޙައްދެކެވެ.
މީގެއިތުރުން، ހިއްކާ ސަރަޙައްދު ޙިމާޔަތް ކުރުމުގެ ގޮތުން ބޮޑުހިލަ ބޭނުންކޮށްގެން 1،813 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 283 މީޓަރުގެ ބޭރުތޮށި ލުމާއި، 520 މީޓަރުގެ ތިލަ ބޭރުތޮށި (ލޯ ކްރެސްޓެޑް ބްރޭކްވޯޓަރ) އެޅުމުގެ އިތުރުން 180 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްޜޫޢުގެ ދަށުން ބޮޑުހިލަ ބޭނުންކޮށްގެން 2،139 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ވަނީ ރޭވިފައެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ނިމުމުން، ނައިފަރުގެ ރައްޔިތުންނަށް ޒަމާނުއްސުރެ ކުރިމަތިވެފައިވާ ބޯހިޔާވަހިކަމާއި އިޤްތިޞާދީ އެކި ބޭނުންތަކަށް ބިން ނުލިބުމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު