ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާންމު ދަތުރުފަތުރުގެ ނިޒާމު ފުޅާކޮށް، ގިނަ ރަށްތަކެއް ގުޅާލައި ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ދަތުރުތައް ވަރަށް ބޮޑަށް ފަސޭހަކޮށްދީފައެވެ.
އެ ކުންފުނިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެމްޓީސީސީގެ ދަތުރުފަތުރުގެ ވިއުގައިގެ ތެރެއިން 14.10 މިލިއަން ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ. މީގެ ތެރެއިން އާރްޓީއެލް ފެރީގެ ޚިދުމަތް މިހާރު 15 އަތޮޅެއްގެ 144 ރަށަކަށް ގުޅާލެވިފައިވާއިރު، އާރްޓީއެލް ބަހުގެ ޚިދުމަތް ދަނީ 7 އަތޮޅެއްގެ 14 ރަށެއްގައި ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން، ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ތަޢާރަފުކުރި "މާލެ ޓެކްސީ ލައިން" (އެމްޓީއެލް) އިން ވަނީ 150 އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން 215,960 ދަތުރު ފުރިހަމަކޮށްފައެވެ. މިއާއެކު މާލެ ސަރަހައްދުގެ ދަތުރުފަތުރު އިތުރަށް ހަރުދަނާވެ، ރައްކާތެރި އަދި ސާފު ވެށްޓެއް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު