ސަރުކާރުން ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑުކޮށް ޓެކްސީ ކުރި 15 މައްސަލައެއް ފުލުހަށް ހުށައަޅާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑުކޮށް ޓެކްސީ ކުރި 15 މައްސަލައެއް ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ. މެންބަރު ޢަބްދުﷲ ރިޔާޒް ސުވާލު ކުރެއްވީ މާލެ އަދި ހުޅުމާލެއިން ޓެކްސީގެ ޚިދުމަތް ހޯދަން ދަތިކަމުގެ ޝަކުވާ ލިބެމުންދާތީ، އެކަމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު އޮޅުން ފިލުއްވުމަށެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ، ޓެކްސީގެ ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށާއި ރައްޔިތުންގެ ޝަކުވާތައް ހުށައެޅުމަށް ހޮޓްލައިނެއް ގާއިމްކޮށްފައިވާ ކަމަށެވެ. އެގޮތުން ހުށައެޅޭ ޝަކުވާތައް ބެލުމަށް އެކުލަވާލާފައިވާ ކޮމިޓީން 57 ޝަކުވާ ބަލައި، 15 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
ހަމައެއާއެކު ގަވާއިދާ ޚިލާފަށް ދަތުރުކުރި ބައެއް ޑްރައިވަރުންގެ ބަޔާން ނަގައި، އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ޓެކްސީ ސެންޓަރުތަކަށް އަންގާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދާދިފަހުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑުކޮށް ޓެކްސީ ކުރާނަމަ ލައިސެންސް ބާތިލްކުރާނެ ކަމުގެ އިންޒާރު ދީފިއެވެ.
ޓެކްސީ ޤަވާއިދުގެ 20 ވަނަ މާއްދާގައި ބުނެފައިވަނީ ގަވާއިދާ ޚިލާފަށް ޓެކްސީގެ ޚިދުމަތް ދިނުމަކީ ކުށެއް ކަމަށެވެ. އަދި މިފަދަ ކުށެއްކުރާ ފަރާތްތަކާއި ޓެކްސީ ސެންޓަރާއި ޑްރައިވަރުންގެ އަދަބަކީ ފުރަތަމަ ފަހަރަށްނަމަ ފަސް ސަތޭކަ ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި ދެވަނަ ފަހަރުނަމަ އެއް ހާސް ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށާއި އަދި އިތުރަށް އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ އެފަރާތެއްގެ ލައިސަންސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ޤަވާއިދުގައި ވެއެވެ.
ޓެކްސީގެ ޚިދުމަތަކީ ހުރިހާ ރައްޔިތުންނާވެސް ގުޅި ލާމެހިފައިވާ އަސާސީ ޚިދުމަތަކަށްވެފައި ދެ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރުމަކީ މިނިސްޓްރީގެ ޒިންމާއެއް ކަމަށާއި އަދި އަގު ކަނޑައެޅުމަކީ ޓެކްސީ ގަވާއިދު ގެ 15 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ ބާރެއްކަމަށްވެސް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު