މިއަހަރު ރާއްޖެއިން ޙައްޖަށް ދިއުމަށް އާންމުކޮށް ހުޅުވާލި 100 ފުރުޞަތަށް އެދުނު މީހުންގެ ތެރެއިން ފުރުޞަތު ލިބޭ މީހުން ހޮވުމަށް ބާއްވާ ގުރުއަތުނެގުން އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ލިބިފައި ވަނީ 453 ޖާގައެވެ. އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައިވަނީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ.
އަދި ބާކީ 100 ޖާގަ އާންމުކޮށް ހުޅުވައިލައިގެން މީހުން ހޮވުމަށް ނިންމާފައިވާއިރު، މިއަދު އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މި 100 މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ހުށައަޅާ މީހުންގެ މެދުގައި ގުރުއަތުލައިގެންނެވެ. ގުރު އަތުނެގުން އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ. މިގޮތުން ހޯމަ ދުވަހުގެ މެނދުރު 14:30 އިން 17:00 އަށް ކުރިއަށްގެންދާ ގުރުއަތުނެގުން ޕީއެސްއެމް ނިއުސްއިން ލައިވްކޮށް ދައްކާނެއެވެ.
އާއްމުންނަށް ހުޅުވާލި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ނަގާ އަގަކީ 76960 ރުފިޔާއެވެ. މިއީ ކުރިން ނަގަމުންދިޔަ އަގަށްވުރެ ބޮޑު އަގެކެވެ. މި ކޯޓާގައި ޙައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެއެވެ.
ޙައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ އާއްމުންނަށް ހުޅުވާލި 100 ޖާގައަށް މިހާރުވެސް 500 އަށްވުރެ ގިނަ މީހުން ހުށައަޅާފައިވާކަމަށެވެ. އޭނާ ވިދާޅުވީ ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށާއި ފުރަތަމަ ބުރުގައި ޙައްޖަށްދާ މީހުން މިމަހުގެ 26 ވަނަ ދުވަހުގައި ފުރާނެކަމަށެވެ. އަދި ފުރަތަމަ ބުރުގައި 157 މީހުން ޙައްޖަށް ދިއުމަށް ފުރާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މިއަހަރު ސައުދީން ނިންމާފައިވަނީ 1 މިލިއަން މީހުން ހައްޖުގައި ބައިވެރިކުރާށެވެ. މިއީ ކޯވިޑްގެ ކުރީގެ އަދަދުތަކާއި އަޅާބަލާއިރު މަދު އަދަދެކެވެ. އެގޮތުން މީގެ ކުރިން 160 ޤައުމަކުން 2.5 މިލިއަން މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވަމުންއައެވެ.
ސަޢުދީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު މިއަހަރު އެންމެ ގިނައިން ކޯޓާ ދޫކޮށްފައިވަނީ އިންޑޮނީޝިއާއަށެވެ. އެޤައުމަށް 100051 ކޯޓާ ވަނީ ދީފައެވެ. ދެންހުރި އެންމެ މަތީ އަދަދުތަކަށް ބަލާއިރު ޕާކިސްތާނަށް 81،132 ކޯޓާ، އިންޑިއާއަށް 79،237 ކޯޓާ، ބަންގްލަދޭޝްއަށް 57،585 ކޯޓާ އަދި ނައިޖީރިއާއަށް 43،008 ކޯޓާއެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނެކަމަށް ކަލަންޑަރުގައިވާ ތާރީޚަކީ ޖުލައިމަހުގެ 7 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު