ރާއްޖޭން މިއަހަރު ޙައްޖަށްދާ ފުރަތަމަ ގުރޫޕް މިމަހުގެ 26 ވަނަ ދުވަހު ފުރާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
ރާއްޖޭން މިއަަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައުދީން ދީފައިވަނީ 453 ކޯޓާއެވެ. މިއަހަރު ރާއްޖޭން މީހުން ޙައްޖަށް ގެންދިއުމުގެ ހުއްދަ ލިބިފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިސްމާޢިލް ޙަމީދު ވިދާޅުވީ މިއަހަރު ފުރަތަމަ ބުރުގައި ޙައްޖަށްދާ މީހުން މިމަހުގެ ސައްބީހުގައި ފުރާނެކަމަށެވެ. އަދި ފުރަތަމަ ބުރުގައި 157 މީހުން ޙައްޖަށް ދިއުމަށް ފުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޙައްޖު ކޯޕަރޭޝަނުން މިއަހަރު މީހުން ޙައްޖަށް ގެންދިއުމުގައި 352 ޖާގަ ޚާއްސަކޮށްފައިވަނީ ހައްޖަށް ދާން އެ ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ. އަދި ބާކީ 100 ޖާގަ އާއްމުކޮށް ހުޅުވާލައިގެން މީހުން ހޮވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކުރިމަތިލާފައިވާ މީހުންގެ މެދުގައި ގުރުއަތުނެގުން އަންނަ ހޯމަ ދުވަހުގެ މެންދުރު 14:30 އިން 17:30 އަށް ކުރިއަށް ގެންދާނެއެވެ.
މި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76960 ރުފިޔާއެވެ. މި ކޯޓާގައި ޙައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެއެވެ.
މިއަހަރުގެ ޙައްޖުގެ ބައިވެރިން ވާންޖެހޭނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ، 65 އަހަރުން ދަށުގެ މީހުންނަށެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނެކަމަށް ކަލަންޑަރުގައިވާ ތާރީޚަކީ ޖުލައިމަހުގެ 7 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު