ޝުވެކް ސިނަމާގައި އިސްލާމް ދީނާއި ދެކޮޅު ފިލްމު އިޝްތިހާރުކުރަނީ
ޝުވެކް ސިނަމާގައި އިސްލާމް ދީނާއި ދެކޮޅު ފިލްމު އިޝްތިހާރުކުރަނީ
އިސްލާމީ ގައުމުތަކުން މަނާކުރަމުންދާ ހިންދޫ ފިލްމެއް ރާއްޖޭގެ ސިނަމާއެއްގައި އަޅުވައިގެން ދައްކަން ފަށައިފިއެވެ.

ރާއްޖޭގައި ހިންގާ "ޝުވެކް ސިނަމާ"ގައި މިހާރު ދައްކަމުންދަނީ އިސްލާމްދީނާމެދު ނަފުރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ތައްޔާރުކޮށްފައިވާ ހިންދީ ފިލުމެއް ކަމުގައިވާ ސަމްރަތް ޕްރިތުވިރާޖެވެ.

އަކްޝޭ ކިޔާ މީހަކު ކުޅެފައިވާ މި ފިލްމުގައި ދައްކުވައިދޭން މަސައްކަތް ކޮށްފައިވަނީ މުސްލިމު ރަސްކަލެއް ކަމުގައިވާ ޣޯރުގެ މުހައްމަދަކީ ބޮޑު އަނިޔާވެރިއެއްގެ ގޮތުގައެވެ. އަދި އިންޑިއާގެ ހިންދޫ ރަސްކަލެއް ކަމުގައިވާ ސަމްރަތް ޕްރިތުވިރާޖު މުސްލިމު ރަސްކަލަކާ ދެކޮޅަށް ކުރި ހަނގުރާމައެއްގެ ވާހަކައެވެ.

ފިލްމުގައި މައިގަނޑު ގޮތެއްގައި ބުނެދޭން އުޅެނީ މުސްލިމުންނަކީ އިންޑިއާއަށް ވެރިވެ އެ ޤައުމު ލޫޓުވި ބައެއް ކަމަށެވެ.

އިސްލާމީ ޤައުމުތަކުގެ ތެރެއިން، އޮމާނާއި ކުވައިތު އަދި ޤަޠަރުން ވަނީ މި ފިލްމު އެ ގައުމުތަކުގައި ދެއްކުން މަނާކޮށްފައެވެ. އަދި ފިލްމާއި ގުޅޭ ހަބަރުތައްވެސް ގެނައުން ވަނީ މަނާކޮށްފައެވެ.

ނަމަވެސް ރާއްޖޭގައި ހިންގާ ސިނަމާއެއްކަމަށްވާ ޝުވެކް ސިނަމާގައި މި ފިލްމު ވަނީ ދައްކަން ފަށަފާއެވެ. އިސްލާމުންނަށް އިހްތިރާމް ކުޑަވާ ގޮތަށް އުފައްދާފައިވާ މި ފިލްމު ރާއްޖޭގައި ދައްކަނީ ކީއްވެކަމެއް ނޭނގެއެވެ.

އިސްލާމިކް މިނިސްޓްރީން މިކަމާއި ގުޅޭގޮތުން ވާހަކައެއް ނުދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން