ނަމާދުކުރުމަކީ ހަރުކަށިކަމުގެ ޢަލާމާތެއްކަމުގައި ވިސްނުވައިދިނުމަކީ ޢަލްމާނިއްޔަތު ނުވަތަ ސެކިއުލަރިޒަމް ކުރިއެރުވުމަށް ކުރާ މަސައްކަތެއްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ނަމާދު ކުރުމަކީ ހަރުކަށި ފިކުރަށް ކުއްޖަކު ތަބާވަމުން އަންނަ ކަމުގެ އަލާމާތެއްކަމަށް ސަރުކާރުގެ ބައެއް މުއައްސަސާތަކުން ހިންގާ "ހަފްތާ ރެސް" ޕްރޮގްރާމްގައި ކުރިއަށް ގެންދިޔަ ސެޝަނެއްގައި ބުނެގެން މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ހޯފް ފޯ ވްމެން ޖަމިއްޔާ އާއި ރާއްޖޭގައި ހުންނަ ޔޫއެންޑީޕީ އޮފީހާއި ޓްރާންސްޕޭރެންސީ އާއި އަދި އިސްލާމިކް ޔުނިވަސިޓީން ރ.އުނގޫފާރުގައި ކުރިއަށް ގެންދިޔަ މިޝެޝަންގައި ބުނެފައި ވަނީ ސްކޫލް ދަރިވަރުން ސްކޫލް ގަޑީގައި ނަމާދު ކުރާނަމަ އެއީ ހަރުކަށި ފިކުރަށް ކުއްޖާ ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށެވެ.
މިކަމާއި ގުޅިގެން ގިނަބަޔަކު ނުރުހުން ފާޅުކުރަމުންދަނިކޮށް، ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ތަޢުލީމީ ނިޒާމު އޮންނަންޖެހޭނީ އިސްލާމްދީނަށް ލޯބި ޖެއްސުމުގެ މައްޗަށްކަމަށެވެ. އެހެންކަމުން ނަމާދު ކުރުމަށް ބާރު އެޅުމަކީ ޒަމާނުއްސުރެ ނިޒާމުގެ ތެރޭގައި ވާރުތަވަމުން އައި ކަމެއްކަމަށާއި އެއީ ހަރުކަށިކަމާ ގުޅުންހުރިކަމެއް ނޫންކަމަށެވެ.
ޝަހީމް ވިދާޅުވީ ނަމާދަކީ ކޮންމެ މުސްލިމަކު އަދާކުރަންޖެހޭ ދީނުގެ އެންމެ މަތީ ރުކުނެއްކަމަށެވެ. އަދި ނަމާދު ވަގުތުގައި ނަމާދު ކުރުމަކީ ހަރުކަށިކަމުގެ ޢަލާމާތެއްކަމުގައި ވިސްނުވައިދޭން މަސައްކަތްކުރުމަކީ ޢަލްމާނިއްޔަތު ކުރިއަރުވައި މުސްލިމުންގެ ޙަޔާތުން ދީން ދުރުކޮށްލަން ހިންގޭ ފިކުރީ ހަނގުރާމައިގެ ޢަލާމާތެއްކަމަށް ޝަހީމް ވިދާޅުވިއެވެ.
އުނގޫފާރުގައި ކުރިއަށްދިޔަ "ހަފްތާރެސް" ސެޝަންގައި ވަނީ ފުރާވަރު އުމުރު ކުދިން ތުނބުޅި ބެހެއްޓުމަކީ ވެސް ހަރުކަށި ފިކުރުގެ އަލާމާތެއް ކަމަށް ބުނެފައެވެ. އަދި އެސެމްބްލީގެ ލަވާގައި މިއުޒިކު ހިމެނޭތީ ލަވަ ނުކިޔުމަކީ ވެސް ކުއްޖަކު ހަރުކަށި ފިކުރަށް ބަދަލު ވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ވޯކްޝޮޕްގައި ކިޔައި ދީފައިވެއެވެ.

ނަމާދަކީ ކޮންމެ މުސްލިމަކު އަދާކުރަންޖެހޭ ދީނުގެ އެންމެ މަތީ ރުކުން، ނަމާދު ވަގުތުގައި ނަމާދު ކުރުމަކީ ހަރުކަށިކަމުގެ ޢަލާމާތެއްކަމުގައި ވިސްނުވައިދޭން މަސައްކަތްކުރުމަކީ ޢަލްމާނިއްޔަތު ކުރިއަރުވައި މުސްލިމުންގެ ޙަޔާތުން ދީން ދުރުކޮށްލަން ހިންގޭ ފިކުރީ ހަނގުރާމައިގެ ޢަލާމާތެއް.
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 13, 2022
ޝަހީމް ވިދާޅުވީ ނަމާދަކީ ކޮންމެ މުސްލިމަކު އަދާކުރަންޖެހޭ ދީނުގެ އެންމެ މަތީ ރުކުނެއްކަމަށެވެ. އަދި ނަމާދު ވަގުތުގައި ނަމާދު ކުރުމަކީ ހަރުކަށިކަމުގެ ޢަލާމާތެއްކަމުގައި ވިސްނުވައިދޭން މަސައްކަތްކުރުމަކީ ޢަލްމާނިއްޔަތު ކުރިއަރުވައި މުސްލިމުންގެ ޙަޔާތުން ދީން ދުރުކޮށްލަން ހިންގޭ ފިކުރީ ހަނގުރާމައިގެ ޢަލާމާތެއްކަމަށް ޝަހީމް ވިދާޅުވިއެވެ.
Highlights from Hafthaares Program at Raa Atoll
— Ministry of Youth,Sports and Community Empowerment (@MoYSCEmv) June 12, 2022
Day 5: 11.06.2022
Location: R. Ungoofaaru
Event: Amaan vilunveri mujuthamaeh binaakurumah thauleemee dhaairaa aaeku@NCTCMaldives @HopeforWomenmv @official_ium @UNDPMaldives @TransparencyMV pic.twitter.com/gcxxO5oJx8
އުނގޫފާރުގައި ކުރިއަށްދިޔަ "ހަފްތާރެސް" ސެޝަންގައި ވަނީ ފުރާވަރު އުމުރު ކުދިން ތުނބުޅި ބެހެއްޓުމަކީ ވެސް ހަރުކަށި ފިކުރުގެ އަލާމާތެއް ކަމަށް ބުނެފައެވެ. އަދި އެސެމްބްލީގެ ލަވާގައި މިއުޒިކު ހިމެނޭތީ ލަވަ ނުކިޔުމަކީ ވެސް ކުއްޖަކު ހަރުކަށި ފިކުރަށް ބަދަލު ވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ވޯކްޝޮޕްގައި ކިޔައި ދީފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު