މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު
އިސްލާމްދީނަށް ޢަމަލުކުރުމުގައި އެންމެހެޔޮ މިންވަރަކީ މެދުމިން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އިސްލާމްދީން ގޮވާލަނީ މެދުމިނަށް ކަމަށެވެ. އަދި ދީނުގައި އަމިއްލައަށް ހަރުކަށިވެ ނުގަތުމާ ފަރުވާކުޑަ ކަމުންވެސް ހައްދުފަހަނަ ނޭޅުމާ ލާދީނިއްޔަތުން ބަރީއަވުމަށް ގޮވާލާކަމަށް ޝައިޚް ޒައިދު ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ ދީނުގައި އޮތް އެންމެ ހެޔޮ މިންވަރަކީ މެދުމިން ކަމަށާއި އެކަން ރަސޫލާގެ ޙަދީސުން އެނގެން އެބައޮތް ކަމަށެވެ.



އޭގެ އިތުރުން ޝައިޚް ޒައިދު ވިދާޅުވީ މުސްލިމެއްގެ އެންމެ އިސް ވާޖިބަކީ ނަމާދަށް ފަރުވާތެރިވުން ކަމަށެވެ. އަދި އެންމެ ކުޑައިރުންފެށިގެން ދަރިން ނަމާދަށް އަހުލުވެރި ކުރުވަންޖެހޭ ކަމަށް ޝައިޚް ޒައިދު ވިދާޅުވިއެވެ.

ހަމައެއާއެކު ސްކޫލް މާޙައުލުގައިވެސް ދަރިވަރުންނަށް ނަމާދުކުރުމުގެ ފުރުސަތު ފަހިވެފައި އޮތުމަކީ ބޭނުންތެރިކަމެއްކަމަށް ޝައިޚް ޒައިދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން