މާޒީގައި ގޯސްކޮށް ކަމެއް ހިނގާފައިވުމަކީ އެކަން ދަމަހައްޓަން އޮތް ޙުއްޖަތެއް ނޫންކަމަށް ގައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ. މުހައްމަދު އިޔާޒު މިހެން ވިދާޅުވެފައި މިވަނީ ހިންދޫއިންގެ ތެރޭގައި ހާއްސަ ސަމާލުކަމެއް ދީފައި އޮންނަ "އިންޓަނޭޝަނަލް ޔޯގާ ދުވަސް" ފާހަގަކުރަނީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް އެކަން ކޮށްފައި އޮތުމުންކަމަށް ބުނެ އެމްޑީޕީއާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
"އިންޓަނޭޝަނަލް ޔޯގާ ދުވަސް" ފާހަގަކުރުމާއި ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު އަޑު އުފުލަމުންދާއިރު، ސަރުކާރަށް ތާއީދުކުރާ ގިނަ މީހުން އެކަމުގައި ބުނަމުން ދަނީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް އެކަން ކުރިކަމަށެވެ. ނަމަވެސް ދީނީ އިލްމުވެރިން އަޅާ ނުލާ ކަމަށެވެ.
ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އެހެން ބުންޏަސް، އޭރުވެސް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ.
ޑރ. އިޔާޒު ވިދާޅުވީ މާޟީގައި ގޯސްކޮށް ކަމެއް ހިނގާފައިވުމަކީ އެކަންތައް ދަމަހައްޓަން އޮތް ޙުއްޖަތެއް ނޫންކަމަށެވެ. އަދި ކޮންމެ މުންކަރާތަކީ ފިލުވާލަންޖެހޭ ކަމެއްކަމަށް އިޔާޒު ވިދާޅުވިއެވެ.
ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް އިސްކޮށް ހުންނަވައިގެން މިއަދު ބާއްވަން މަސައްކަތް ކުރި "އިންޓަނޭޝަނަލް ޔޯގާ ދުވަސް" ފާހަގަކުރުމުގެ ހަރަކާތަށް ގިނަ އަދަދެއްގެ ދިވެހިން ވަނީ ހުރަސް އަޅައި، ހުއްޓުވާފައެވެ.

މާޟީގައި ގޯސްކޮށް ކަމެއް ހިނގާފައިވުމަކީ އެކަންތައް ދަމަހައްޓަން އޮތް ޙުއްޖަތެއް ނޫން. ކޮންމެ މުންކަރާތަކީ ފިލުވާލަންޖެހޭ ކަމެއް.
— Dr.Mohamed Iyaz (@dr_iyaz) June 21, 2022
ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް އިސްކޮށް ހުންނަވައިގެން މިއަދު ބާއްވަން މަސައްކަތް ކުރި "އިންޓަނޭޝަނަލް ޔޯގާ ދުވަސް" ފާހަގަކުރުމުގެ ހަރަކާތަށް ގިނަ އަދަދެއްގެ ދިވެހިން ވަނީ ހުރަސް އަޅައި، ހުއްޓުވާފައެވެ.
ކިޔުންތެރިންގެ ހިޔާލު