ގަލޮޅު ދަނޑުގައި މިއަދު ހެނދުނު ހިނގި ކަންކަމާއި ޖަމުއިއްޔަތުލް ސަލަފާ ގުޅުވައިގެން ދައްކާ ވާހަކަތައް އެ ޖަމިއްޔާއިން ދޮގުކޮށްފިއެވެ.

ޖަމިއްޔަތުލް ސަލަފުން ބުނީ ޔޯގާ ހަރަކާތާއި ދެކޮޅަށް ދަނޑުގައި ހިނގި ކަންކަމާއި ޖަމިއްޔަތުލް ސަލަފާ ގުޅުވައިގެން ޔޫތު މިނިސްްޓަރ އަހުމަދު މަހްލޫފް ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަދި އެކަން ކުށްވެރިކުރާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ސަލަފުން ބުނީ މަދަނީ ޖަމިއްތަކުގެ ބެލެނިވެރިކަމުގެ މަގާމުގައި ހުންނަވައިގެން މަހްލޫފް އިތުރުފުޅު ހައްދަވަނީ އެ ޖަމިއްޔާއާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށްކަމަށެވެ. އަދި މިއަދު ދަނޑުގައި ހިނގި ކަންކަމަކީ އެ ޖަމިއްޔާއާ ގުޅުންހުރި ކަންކަމެއް ނޫންކަމަށްވެސް ސަލަފުން ބުނެއެވެ.

ސަލަފުން ބުނީ ރާއްޖޭގައި ޔޯގާގެ ކަންކަން ރާވާ ހިންގަން ފެށި ހިސާބުން ފެށިގެން އަބަދުވެސް އެކަމުގެ ދީނީ ހުކުމާއިމެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރި ކަމަށެވެ. ނަމަވެސް އެއްވެސް ހާލަތެއްގައި ދީނުން ބޭރުން، ދީން ހުއްދަ ނުކުރާގޮތަށް ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދީ، ސަލާމަތީ ހިދުމަތްތަކާއި ކުރިމަތިލުމުގެ އަމަލުތަކަކީ އެ ޖަމުއިއްޔާއިން ތާއިދުކުރާ ކަންކަން ނޫންކަމަށް ސަލަފުން ބުނެއެވެ.

ޖަމިއްޔަތުއް ސަލަފުން ބުނީ މިއަދު މާލޭގައި ހިނގި ހަރަކާތް ފެށުމުގެ ކުރިންވެސް އެއީ އެ ޖަމިއްޔާއާ ގުޅުން އޮތްކަމެއް ނޫންކަމަށް ހާމަކޮށްފައިވާނެކަމަށެވެ.

ނަމަވެސް މިއަދުގެ ހަމަނުޖެހުމާއި ގުޅިގެން މަހުލޫފް ވަނީ ސަލަފުގެ ބޮލުގައި ތުހުމަތު ތަކެއް އަޅުވައި އެޖަމިއްޔާއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


0

ބަކުރު

25-Jun-2022

ޛަންނަ ނުދަންނަ ބޭކަލުންނައްވީމާ ސިލަފުކަޑަވަނީ



ޓްރެންޑިން