ވީޑިއޯއަކުން ފެންނަ ފެނުމެއްގެ މައްޗަށް ބިނާކޮށް، އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހައްދެއް ޤާއިމް ނުކުރެވޭނެ ކަމުގައި މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ އިޔާޒް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ އިޔާޒް މިހެން ވިދާޅުވެފައިވަނީ، މަޝްހޫރު ޤާނޫނީ ވަކީލު، ނާޒިމް އަބުދުއްސައްތާރު ކަމަށް ބެލެވޭ މީހެއް އެއްޖިންސުން ގުޅުންހިންގާ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުންދާ ވަގުތެއްގައެވެ. ނަމަވެސް ނާޒިމް ވަނީ އެވީޑިއޯއިން ފެންނަނީ އޭނާ ނޫންކަމަށް ވިދާޅުވެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އާއި ގުޅޭ ގޮތުން ޑރ އިޔާޒް ވިދާޅުވެފައި ވަނީ، ފާޙިޝް ޢަމަލު ހިންގަނިކޮށް ވިޑީއޯ އަކުން ފެންނަފެނުމުގެ މައްޗަށް ޝަރްޢީގޮތުން އެމީހެއްގެ މައްޗަށް ޙައްދު ގާއިމް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެފަދަ މީހުންގެ މައްޗަށް ތަޢްޒީރީ އަދަބު ދިނުމުގެ ބާރު ޙާކިމާއަށް ލިބިގެންވާކަމުގައި ޑރ އިޔާޒު ވިދާޅުވިއެވެ.
އަދި އެމީހުންގެ މައްޗަށް ތަޢުޒީރީ އަދަބު ދޭން ޖެހެނީ "މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި" ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
ދައުރުވަމުންދާ ވީޑިއޯ އާއި ގުޅޭ މައްސަލައިގައި ނާޒިމް އަބުދުއްސައްތާރު ފުލުހުންގެ އިދާރާއަށް ހާޟިރުކޮށް އިއްޔެ ވަނީ ސުވާލުވެސް ކޮށްފައެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.

ފާޙީޝް ޢަމަލު ހިންގަނިކޮށް ވިޑީއޯ އަކުން ފެންނަފެނުމުގެ މައްޗަށް ޝަރްޢީގޮތުން އެމީހެއްގެ މައްޗަށް ޙައްދު ގާއިމް ނުކުރެވޭނެ. ނަމަވެސް މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެފަދަ މީހުންގެ މައްޗަށް ތަޢްޒީރީ އަދަބު ދިނުމުގެ ބާރު ޙާކިމާ އަށް ލިބިގެންވޭ.
— Dr.Mohamed Iyaz (@dr_iyaz) June 25, 2022
ދައުރުވަމުންދާ ވީޑިއޯ އާއި ގުޅޭ މައްސަލައިގައި ނާޒިމް އަބުދުއްސައްތާރު ފުލުހުންގެ އިދާރާއަށް ހާޟިރުކޮށް އިއްޔެ ވަނީ ސުވާލުވެސް ކޮށްފައެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު