ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތް އަންނަ ޑިސެމްބަރުމަހު ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.



ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ބުނީ، ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް އޮންނާނީ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުން ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މުބާރަތް ކުރިއަށްދާނީ މާލޭގައިކަމަށްވެސް އެ މަރުކަޒުން ހާމަކޮށްފައިވެއެވެ.

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ކުރިއަށްދާނީ 3 ބަޔަކަށް ބަހާލައިގެނެވެ. އެއީ ހާފިޒުންގެ ބަޔާއި ސްކޫލް ކުދިންގެ ބަޔާއި މުއައްސަސާތަކުގެ ބައެވެ. ސިޓީތަކުގެ ސްކޫލްތައް ފިޔަވާ އެހެން ސްކޫލްތަކުން މުބާރާތުގައި ބައިވެރިވެވޭނީ އަތޮޅު ސްކޫލްތަކުގެ މެދުގައި ބާއްވާ އަތޮޅު މުބާރާތުން ހޮވޭ ދަރިވަރުންނަށްކަމަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން މަޢުލޫމާތުދެއެވެ. އަދި އަތޮޅު މުބާރަތުން ޤައުމީ މުބާރަތަށް ބައިވެރިން ހޮވަނީ އަތޮޅު ކައުންސިލުންނެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތައް ޚާއްސަކޮށްފައިވާ ޕޯޓަލްގައި ރަޖިސްޓްރީވާން ޖެހެއެވެ.

މި މުބާރާތުގައިވެސް ކޮންމެ ބަޔަކުން 1 ވަނަ ،2 ވަނަ އަދި 3 ވަނަ ހޮވުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ކޮންމެ ބަޔަކުންވެސް އެއްވަނައަށްދާ ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން