އަހުމަދު މަސްނޫމް   29 ޖޫން 2022 - 19:42
1443 ވަނަ އަހަރު ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިންގެ ދެވަނަ ގްރޫޕް މިރޭ ފުރާނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ އިންތިޒާމު ކަމާގުޅޭ މުއައްސަސާތަކާއެކު، ހަމަޖައްސާފައިވާއިރު މިރޭ ވެސް ޙައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަނޑައެޅިފައިވާ ބަސްޕޮއިންޓްތަކުގައި އެހީތެރިވެ ދިނުމަށް ބޭފުޅުން ތިއްބަވާނެކަމަށެވެ.

މިރޭ ޙައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ޖުމްލަ 24 ޕޮއިންޓެއް ވަނީ ކަނޑައަޅާފައެވެ. މި ޕޮއިންޓްތަކުގެ ތެރެއިން މާލޭގައި ބަސްތަކުގެ ދަތުރުތައް އޮންނާނީ، މަޖީދީމަގު، ފަރީދީމަގު، އަމީނީމަގު އަދި ބޮޑުތަކުރުފާނުމަގުގައެވެ. މި ޕޮއިންޓްތަކުގެ ތެރެއިން މަޖީދީމަގުގައި 9 ބަސް، ފަރިދީމަގާއި، އަމީނީމަގާއި، ބޮޑުތަކުރުފާނު މަގުގައި 3 ބަސް އޮންނާނެއެވެ.

ހުޅުމާލެ ފޭސް 1 ގައި 4 ވެހިކަލް، ހުޅުމާލެ ފޭސް 2 ގައި 2 ވެހިކަލް އަދި ވިލިމާލޭގައި އެމްޓީސީސީގެ 1 ފެރީ ޙައްޖުވެރިންނަށް ޚާއްސަކޮށް އޮންނާނެއެވެ. ހުރިހާ ބަހެއްގެ ދަތުރުވެސް މިރޭ ފަށާނީ ރޭގަނޑު 19:10 އިން ފެށިގެންނެވެ. ވިލިމާލެއިން ޙައްޖުވެރިންނަށް ޚާއްސަ ފެރީގެ ދަތުރު ފަށާނީ ރޭގަނޑު 19:15 ގައެވެ.

ޙައްޖުވެރިންނާއިއެކު ބަސްތައް ދަތުރުކުރަމުންދާއިރު މި ބަސްތަކަށް ދަތިނުވާނެގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޓްރެފިކް ބަލަހައްޓާއިރު ބްރިޖް ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުން ކުރިއަށްދާނީ މެނުއަލްކޮށް ފުލުހުން ތިބެގެންނެވެ.

މިރޭ ޙައްޖުވެރިންގެ ފްލައިޓް ފުރާނީ ރާއްޖެގަޑިން 23:30 ގައެވެ. ސައުދީ އެއާލައިނުން ޙައްޖުވެރިންގެ ދަތުރު ހަމަޖެހިފައިވާއިރު މިރޭ 175 ޙައްޖާޖީން ފުރުމަށްވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން