މިއަދުގެ ހުކުރު ނަމާދު ވަގުތުގައި ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ސަލްމާން މިސްކިތުގެ މިންބަރަށް އަރައި މީހަކު އަޑުގަދަ ކުރަމުންދާ ކަމުގެ މައުލޫމާތު މިއަދު 12:24 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

އެ މައްސަލައިގައި 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުން މިސްކިތުގައި މާބޮޑު ހަމަނުޖެހުމެއް ނުހިނގައެވެ. ނަމަވެސް އެ މީހާ ހުރީ ޓެރަރިސްޓް ޖަމާއަތެއްގެ ލޯގޯ ޖެހި ކަޅު ހެދުމެއް ލައިގެނެވެ.

ކިޔުންތެރިންގެ ހިޔާލު