އަމީރުލް ޙައްޖު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ދިވެހި ޙައްޖުވެރިން ތިބޭ ހޮޓަލަށް ވަޑައިގެން ދިވެހި ޙައްޖުވެރިންނާއި ބައްދަލުކުރައްވާ ޙާލު ބައްލަވައިފިއެވެ.
އަމީރުލް ޙައްޖު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ސައުދީ އަރަބިއްޔާއަށް ވަޑައިގަތީ އިއްޔެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ޙައްޖު މިޝަނުން މަޢުލޫމާތު ދޭކަމަށެވެ.
1443 ވަނަ އަހަރުގެ ޙައްޖު ދުވަހަކީ މި އަންނަ ހުކުރު ދުވަހަށްވާއިރު، ޙައްޖުވެރިން މިނާއަށް ދިއުމަށްޓަކައި ބުރާސްފަތި ދުވަހު ދަތުރު ފަށާނެއެވެ.
ރާއްޖެއިން މި އަހަރު ޙައްޖަށް ގޮސްފައިވަނީ 453 ޙައްޖުވެރިންނެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ވަނީ ހައްޖަށް ވަޑައިގެންފައެެވެ.

އަމީރުލް ޙައްޖު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ދިވެހި ޙައްޖުވެރިން ތިބޭ ހޮޓަލަށް ވަޑައިގަންނަވާ ދިވެހި ޙައްޖުވެރިންނާއި ބައްދަލުކޮށް ޙާލު ބައްލަވައިފި.#އަމީރުލްޙައްޖު #ޙައްޖު1443 #އިސްލާމިކްއެފެއާޒް #ޙައްޖުމިޝަން pic.twitter.com/Zo6S4H3PP5
— Ministry of Islamic Affairs (@MVIaffairs) July 5, 2022
1443 ވަނަ އަހަރުގެ ޙައްޖު ދުވަހަކީ މި އަންނަ ހުކުރު ދުވަހަށްވާއިރު، ޙައްޖުވެރިން މިނާއަށް ދިއުމަށްޓަކައި ބުރާސްފަތި ދުވަހު ދަތުރު ފަށާނެއެވެ.
ރާއްޖެއިން މި އަހަރު ޙައްޖަށް ގޮސްފައިވަނީ 453 ޙައްޖުވެރިންނެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ވަނީ ހައްޖަށް ވަޑައިގެންފައެެވެ.
ކިޔުންތެރިންގެ ހިޔާލު