މިއަހަރުގެ އަޟްޙާ ޢީދު ނަމާދުކުރާނީ ބޮޑު ޖަމާޢަތުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ގްރޭޓާ މާލެ އޭރިޔާއިން މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި ބޮޑު ޖަމާޢަތުގައި އަޟްޙާ އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ބޮޑުޖަމާޢަތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލެ މާފަންނު ސްޓޭޑިއަމް، ހުޅުމާލެ ސްޓޭޑިއަމް (ސިންތެޓިކް ޓްރެކް) އަދި ވިލިމާލެ ބޯޅަދަނޑު ގައެވެ." އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ޢީދު ނަމާދަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމަށާއި އަމިއްލަ މުސައްލައަކާއި އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް އިލްތިމާސް ކޮށްފައެވެ.
އަދި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ޢީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައި ކަމަށްވެސް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު