އިސްލާމް ދީނުގައި ޢީދު ފާހަގަކުރުމަކީ ﷲގެ ހައްދުތައް ފަހަނައަޅައި ދިއުން ނޫން ކަމަށް މިއަދުގެ ޢީދު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ އަޟްހާ އީދު ހުތުބާގައި ބުނީ އިސްލާމީ އީދުތަކުގައި އޮތީ އުފާވެރިކަމާއި މުނިފޫހިފިލުވުން ކަމަށެވެ. ޢީދު ފާހަގަކުރާނީ އެކަނިވެރިޔާގެ އެކަނިވެރިކަން ފިލުވައިދީގެން ކަމަށާއި ފަގީރު މީހާގެ މުހުތާދުތައް ފުއްދައިދީގެން ކަމަށް ޚުތުބާގައިވަނީ ބުނެފައެވެ.
"އިސްލާމްދީނުގައި އީދަކީ ޝަހުވަތްތަކުގެ ފަހަތުން ދުއްވައިގަތުމެއް ނޫނެވެ. އެއީ ކާބޯތަކެތިން ބަނޑު ފުރައިލުމެއް ވެސް ނޫނެވެ. އެއީ ﷲގެ ހައްދުތައް ފަހަނައަޅައި ދިއުމެއް ވެސް ނޫނެވެ. އިސްލާމީ އީދުތައް އަންނަނީ ﷲ އަށް އަދާކުރަންޖެހޭ މުހިންމު އަޅުކަންތަކަކާ ގުޅިގެންނެވެ. އެހެންކަމުން އިސްލާމީ އީދުތަކަކީ ﷲ ތައާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގެ މަތީގައިވާ މުނާސަބާތަކެކެވެ." ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ މާތްﷲ ހައްޖާއި އީދު ޝަރުއު ކުރައްވާފައިވަނީ މި އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް ކަމަށެވެ. އަދި ހައްޖުގެ އަޅުކަމުގެ ސަބަބުން ކޮންމެ ހައްޖުވެރިއަކަށް ވެސް އަނެކާއަށް ހުރުމަތްތެރިކޮށް ހިތައި އިހުތިރާމުކުރަން ދަސްވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޙައްޖުންއެކަކު އަނެކަކަށް އަދާވާތްތެރި ނުވުމަށާއި, ދެކޮޅުވެރި ނުވުމަށް ތަމްރީނު ލިބޭ ކަމަށާއި އެކަކު އަނެކެއްގެ މިނިވަންކަމަށް އަރައިނުގަތުމަށް ތަރުބިއްޔަތު ލިބޭކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
އިސްލާމްދީނުގައި އީދު ފެށެނީ ތަކުބީރުން ކަމަށާއި އެއީ އެންމެންނަށް އިއުލާނުކުރެވޭ އުފާވެރިކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެއީ އުންމަތުގެ އެއްވެސް ފަރުދަކު އެކަހެރިނުކޮށް އެންމެން ޝާމިލުވާ ގޮތަށް އޮތް އުފަލެއް ކަމަށް ވެސް ހުތުބާގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު