ރާއްޖެއިން މިއަހަރު ޙައްޖަށްދިޔަ ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހި ޙައްޖުވެރިންގެ ދެވަނަ ގުރޫޕް މިއަދު ހެނދުނު 10:28 ގައި ރާއްޖެ އައިސްފައިވާ ކަމަށެވެ. މިއަދު ހެނދުނު 175 ޙައްޖުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައެވެ.
މިވަގުތު މައްކާގައި ބާކީތިބި 117 ޙައްޖުވެރިން 27 ޖުލައިގެ ފްލައިޓުން ރާއްޖެ އަންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ދިވެހިންގެ ހާލުވެސް އާންމުކޮށް ރަނގަޅު ކަމަށެވެ.
ހައްޖުވެރިންނަށް ޚާއްސަކޮށް ޚިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޙައްޖުވެރިންނަށް ޚާއްސަ ސަރަޙައްދެއް ވަނީ ހަމަޖައްސާފައެވެ.
އޭގެއިތުރުން ޙައްޖާޖީން ބަލާ އެއަރޕޯޓަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޚާއްސަކޮށް ވެހިކަލްތަކެއް ވަނީ ހިލޭ ދަތުރުކުރެވޭ ގޮތަށް ހަމަޖައްސާފައެވެ. އެގޮތުން ކޮންމެ 15 މިނެޓަކުން ބަސްދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު