ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު
މުންކަރާތްތަކާއި ފާހިޝްއަމަލުތައް ހުއްޓުވުމަށް ސަރުކާރުން ފަސްޖެހިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު މިއަދު ވިދާޅުވެއްޖެއެވެ.

ޝިފާއު މިމޭރުމުން ވިދާޅުވީ ބަންގްލަދޭޝްގެ ފިރިހެނަކާއެކު ދިވެހި ފިރިހެނުންތަކެއް އެއްޖިންސުން ގުޅުން ހިންގަނިކޮށް، އާންމުވި ވީޑިއޯތަކުގެ މައްސަލައަށް އިޝާރާތް ކުރަށްވަމުންނެވެ. ޝިފާއު ވިދާޅުވީ ދިވެހިންްގެ ދީނަކީ އިސްލާމްދީން ކަމުގައި ޤާނޫނުއަސާސީގައި ބުނެފައިވާ ކަމަށެވެ.

އަދި އިސްލާމްދީނުގައި ހުއްދަ ކަންކަމަކީ ދިވެހި ފަސްގަޑުގައި ހުއްދަކަންކަން ކަމަށާއި އިސްލާމްދީނުގައި ހަރާމްކަންކަމަކީ ދިވެހިފަސްގަޑުގައި ހަރާމްކަމެއްކަމަށް ޝިފާއު ވިދާޅުވިއެވެ.

"މުންކަރާތްތަކާ ފާހިޝް އަމަލުތައް ހުއްޓުވުމަށް ސަރުކާރާއި ފުލުހުން ފަސްޖެހިގެން ނުވާނެ." ޝިފާއު ވިދާޅުވިއެވެ.



އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގެ މައްސަލާގައި ހިމެނޭ މީހުން ހައްޔަރު ނުކުރާތީއާއި، އަދި ޔޯގާ ދުވަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ދީނީ އިލްމުވެރިންނާމެދު ޢަމަލުކުރަމުންގެންދާ ގޮތުގެ ސަބަބުން، ދީނީ އިލްމުވެރިންނާއި އާންމު ގިނަ ރައްޔިތުން ވެސް ދަނީ ސަރުކާރާމެދު ނުރުހުން ފާޅުކުރަމުންނެވެ.

ކޯޓު އަމުރެއްގެ ދަށުން އަލަމްގިރި ހައްޔަރުކޮށް ފުލުހުން ތަހުގީގު ކުރަމުންދާއިރު އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ އެއްވެސް މީހަކު ހައްޔަރު ކުރިކަމުގެ މަޢުލޫމާތު އަދި ލިބިފައެއް ނުވެއެވެ. އަލަމްގިރިއާއެކު އެތައްބަޔަކު ގުޅުން ހިންގާފައިވާއިރު އެކަމުގެ ސަބަބުން މުޖުތަމަޢުގެތެރޭގައި ސިއްޙީ ބަލިމަޑުކަމެއް ފެތުރިފައިވެދާނެ ކަމުގެ ބިރުވެރިކަން މިހާރުވަނީ ފެތުރިފައެވެ.

ދާދިފަހުން ޤާނޫނީ ވަކީލް ނާޒިމް ސައްތާރު އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ޝޯޝަލް މީޑިޔާގައި ވަނީ ލީކްކޮށްލާފައެވެ. މީގެ އިތުރުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އެ ކޮޓަރީގައި އަލަމްގީރް އާއެކު އުޅޭ ވީޑިއޯ އެއް ވެސް ވަނީ އާންމުވެފައެވެ. ނަމަވެސް އަލަމްގިރިއާއެކު ގުޅުން ހިންގިކަމަށް ދެބޭފުޅުންވެސް ވަނީ އިންކާރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން