ރާއްޖެއިން މިއަހަރު ޙައްޖަށްދިޔަ ޙައްޖުވެރިންގެ އެންމެފަހު ގްރޫޕް ރާއްޖެ އަތުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހި ޙައްޖުވެރިންގެ ފަހު ގުރޫޕް މިއަދު ހެނދުނު 10:10 ގައި ރާއްޖެ އައިސްފައިވާ ކަމަށެވެ. މިއަދު ހެނދުނު 117 ޙައްޖުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައެވެ.
މިއަހަރު ހުރިހާ ހައްޖުވެރިންވެސް ހައްޖަށް ދިޔައީ ސަރުކާރުގެ ހައްޖާއި އުމުރާ ކުންފުނި، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. މިއަހަރު ހައްޖަށް ދިޔަ ޙައްޖުވެރިން ސައުދީ އަށް ފުރީ ތިން ގްރޫޕަކަށެވެ. އަދި އެނބުރި އައިސްފައިވަނީވެސް އެ ތިން ގްރޫޕަށެވެ.
ހައްޖުވެރިންނަށް ޚާއްސަކޮށް ޚިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޙައްޖުވެރިންނަށް ޚާއްސަ ސަރަޙައްދެއް ކަނޑައެޅުއްވިއެވެ.
އޭގެއިތުރުން ޙައްޖާޖީން ބަލާ އެއަރޕޯޓަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޚާއްސަކޮށް ވެހިކަލްތަކެއް ހިލޭ ދަތުރުކުރެވޭ ގޮތަށް ހަމަޖެއްސިއެވެ.. އެގޮތުން ކޮންމެ 15 މިނެޓަކުން ބަސްދަތުރުތައް ބާއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު