އިސްލާމްދީނަށް ފުރައްސާރަކުރި ރުސްތުމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލާގައި ދަޢުލަތުން ދަޢުވާ އުފުލާފައިވަނީ ގދ. ތިނަދޫ، އުމުރުން 37 އަހަރުގެ މުހައްމަދު ރުސްތުމް މުޖުތުބާގެ މައްޗަށެވެ. އޭނާގެ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު ކްރިމިނަލްކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ރުސްތުމްގެ މައްޗަށް އުފުލާފައިވަނީ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރުމުގެ ދައުވާއާއި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. އޭނާ ވަނީ ދައުވާތަކަށް އިއުތިރާފުވެފައެވެ. މިއަދުގެ އަޑުއެހުމުގައިވެސް ޤާޟީ މުހައްމަދު މިސްބާހު ސުވާލު ކުރެއްވުމުން ރުސްތުމް ވަނީ އިއުތިރާފު ދަމަހައްޓާ ކަމަށް ބުނެފަ އެވެ.
ރުސްތުމް އިޢުތިރާފް ދަމަހައްޓާފައިވާތީ އަވަސް ނިޔާގެ އަޑުއެހުމެއްގެ ގޮތުން ކުރިއަށް ގެންދިޔަ ޝަރީއަތުގައި މައްސަލަ ބައްލަވާ ޤާޟީ ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމަވާފައެވެ. އަދި 3 ދުވަސް ތެރޭގައި އަދަބާމެދު ގޮތެއް ކަނޑައެޅުމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ޤާޟީ ވިދާޅުވިއެވެ.
ދަޢުވާތަކަށް ރުސްތުމް އިއުތިރާފުވެފައިވާތީ ދީނީ އެއްބައިވަންތަކަށް ނަގާލުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާގައި އޭނާއަށް އަންނާނެ އަދަބަކީ 108 ދުވަހުގެ ޖަލު ޙުކުމެކެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި އޭނާއަށް އަންނާނީ 18 ދުވަހުގެ ޖަލު ޙުކުމެކެވެ.
އެހެންނަމަވެސް އޭނާ ބަންދުގައި 185 ދުވަސް ހޭދަކޮށްފައިވަތީ އޭނާގެ މައްޗަށް ކުށް ސާބިތުވެ ޙުކުމެއް ކުރިނަމަވެސް، ޙުކުމުގައި ތަންފީޒު ކުރަން ޖެހޭނެ މުއްދަތެއް ނެތެވެ.
ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަ ކުރަމުގެ ތުހުމަތުގައި ފުލުހުންގެ ބަންދަށް ރުސްތުމް އެންމެ ފުރަތަމަ ގެންގޮސްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ރުސްތުމްގެ މައްސަލައިގައި ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދަޢުވާ ކޮށްދިނުމަށް އެދި ފުލުހުން 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދިހަ ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވަނިކޮށް، މައްސަލަ ކޯޓުގައި އޮއްވާ، އޭނާ ދޫކޮށްލީ 2020 ވަނަ އަހަރުގެ މާރޗް ނުވަ ވަނަ ދުވަހު، ކޯޓުން ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ކޯޓުން ރުސްތުމް ދޫކޮށްލި ފަހުން ވެސް އޭނާ ވަނީ ދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްތައް ހިއްސާކޮށްފައެވެ.
ފަހަކަށްއައިސް އިސްލާމްދީނާ ދެކޮޅު ޝުއޫރުތައް މީސްމީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ފާޅުކުރުމުގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު