ނަމާދު ކުރާ އަޑު ބޭރަށް ނީވޭ ގޮތް ހަދަން ބައެއް މިސްކިތްތަކުގެ އިމާމުންނަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ނަމާދު ކުރާ އަޑު މިސްކިތުން ބޭރަށް ނީވޭ ގޮތް ހަދަން ހުރިހާ މިސްކިތްތަކަށް ސީދާ އާއްމުކޮށް އަންގާފައި ނުވާނެކަމަށެވެ. އަދި އެގޮތަށް އެންގީ މިސްކިތް ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ޝަކުވާ އަންނަ މިސްކިތްތަކުގެ އިމާމުންނަށް އެކަނި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިސްކިތުން ބޭރަށް ނަމާދު ކުރާ އަޑު ނީވޭ ގޮތް ހަދަން އެންގީ ކޮން މިސްކިތްތަކަށް ކަމެއް އަދި ސާފެއް ނުވެއެވެ. އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް ހޯދުމަން މިނޫހުން މަސައްކަތްކުރި ނަމަވެސް އެމިނިސްޓްރީން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
މިސްކިތުގައި ނަމާދުކުރާ އަޑު މިސްކިތުން ބޭރަށް އިވުނު ނަމަވެސް ނަމާދު ކުރާ އަޑު މުޅި ސަރަހައްދަށް އިވޭ ގޮތަށް ހެދުމަކީ އާންމު އުސޫލެއް ނޫން ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އަދި ލައުޑް ސްޕީކަރަކީ ހަމައެކަނި ބަންގި ގޮވުމަށް ބޭނުންކުރާ އެއްޗެއް ކަމަށް ވެސް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު