ސަރުކާރުން މުލަކަތޮޅު ވޭވަށުގައި ތަރައްޤީކުރި ޒަމާނީ ބަނދަރު ހުޅުވައިފިއެވެ.
މި ބަނދަރު މިއަދު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ވޭވަށު ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވޭވަށު ކައުންސިލްގެ ރައީސް މަމްދޫހު ވަހީދު ވިދާޅުވީ، ބަނދަރު ނެތުމުން މީގެ ކުރިން ވޭވަށު ރައްޔިތުން އުފުލަމުން އައީ ވަރަށް ހިތްދަތި ތަކުލީފްތަކެއްކަމަށެވެ. އަދި މި ބަނދަރާއެކު ވޭވަށުގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފްތަކަށް ނިމުން އައިސްފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ވޭވަށުގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ހެދުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގައެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ހެދުމަށް އެރަށުގެ ފަޅުން 66،831 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ވަނީ ފުންކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން 350 މީޓަރުގެ ބޭރުތޮށްޓެއްލައި، 130 މީޓަރު ރިވެޓްމަންޓް ޖަހާ، 380 މީޓަރުގެ އެއްގަމު ތޮށްޓެއް ވަނީ ލާފައެވެ. އަދި ބަނދަރާއި އިންވެގެން 1880 އަކަ މީޓަރުގެ ސަރަޙައްދެއްގައިޕޭވްމަންޓް މަގު ހަދައި، ނެރުބައްތިއާއި މަގުބައްތި ހަރުކޮށްފައިވެއެވެ.
މ. ވޭވަށު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ދަޢުލަތުގެ ބަޖެޓުން 51 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢޫއެކެވެ.

President @ibusolih inaugurates the redeveloped harbour in M. Veyvah Island. The project was carried out by @MTCCPlc pic.twitter.com/0Ubjbydb8a
— The President's Office (@presidencymv) August 28, 2022
ވޭވަށުގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ހެދުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގައެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ހެދުމަށް އެރަށުގެ ފަޅުން 66،831 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ވަނީ ފުންކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން 350 މީޓަރުގެ ބޭރުތޮށްޓެއްލައި، 130 މީޓަރު ރިވެޓްމަންޓް ޖަހާ، 380 މީޓަރުގެ އެއްގަމު ތޮށްޓެއް ވަނީ ލާފައެވެ. އަދި ބަނދަރާއި އިންވެގެން 1880 އަކަ މީޓަރުގެ ސަރަޙައްދެއްގައިޕޭވްމަންޓް މަގު ހަދައި، ނެރުބައްތިއާއި މަގުބައްތި ހަރުކޮށްފައިވެއެވެ.
މ. ވޭވަށު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ދަޢުލަތުގެ ބަޖެޓުން 51 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢޫއެކެވެ.
ކިޔުންތެރިންގެ ހިޔާލު