ފިރިމީހާގެ ފޯނުގެ ޕާސްވޯޑް އަނބިމީހާއަށް ނުދީގެން ފާފަވެރިވެ ވަރިވާނެ ކަމަށް ނުބުނާ ކަމަށް ޝައިޚް ޢަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ޝައިޚް އަލީ ޒާހިރާއި ޙަވާލާދީ ކަަމަށްބުނެ ދައުރުކުރަމުންދާ ޕޯސްޓެއް ޙިއްސާކުރަށްވަމުން ޝައިޚް ވިދާޅުވީ އެކަމާބެހޭ ގޮތުން ވަރަށް ގިނަ ބޭފުޅުން ސުވާލް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އެއީ އެއްވެސް އަސްލެއްނެތް ޕޯސްޓެއްކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.
އެ ސްކްރީން ޝޮޓްގައި ބުނެފައި ވަނީ ފިރިމީހާގެ ފޯނުގެ ޕާސްވޯޑް އަނބިމީހާއަށް ސިއްރުކޮށްގެން ހުރެވޭނީ ގިނަވެގެން ތިންދުވަހު ކަމަށާއި ހަތަރުވަނަ ދުވަހަށް އިރުއޮއްސުމުން ފާފަވެރި ވާނެކަމަށާއި ހަތަރު ވަނަ ދުވަހަށް އިރުއެރުމުގެ ކުރިން ޕާސްވޯޑް ނުދީފި ނަމަ ވަރިވީކަމަށެވެ.
"އަޅުގަނޑުގެ ފޮޓޯ އަކާ އެކު ދައުރު ވަމުންދާ މި ސްކްރީންޝޮޓާ ބެހޭގޮތުން ވަރަށް ގިނަ ބޭފުޅުން ސުވާލުކުރައްވާތީ ދަންނަވަމެވެ. މީގައި މިވާ ފިރިމީހާގެ ފޯނުގެ ޕާސްވޯޑް އަނބިމީހާއަށް ސިއްރުކޮށްގެން ހުރެވޭނީ ގިނަވެގެން ތިންދުވަހު ކަމާއި ހަތަރުވަނަ ދުވަހަށް އިރު އޮއްސުމުން ފާފަވެރި ވާނެކަމާއި ހަތަރު ވަނަ ދުވަހަށް އިރު އެރުމުގެ ކުރިން ޕާސްވޯޑް ނުދީފި ނަމަ ވަރިވީކަމަށް ލިޔެފައި އޮތް ވާހަކަ އަކީ އަޅުގަނޑާ ގުޅުންހުރި ވާހަކައެއްނޫނެވެ. އަޅުގަނޑު ބުނި ވާހަކައެއްވެސް ނޫނެވެ. އަދި މިއީ އަޅުގަނޑު ގަބޫލުކުރާ ވާހަކައެއްވެސް ނޫނެވެ. އެހެންކަމުން މީހުންނަށް ކަންކަން އޮޅޭގޮތަށް ޕޯސްޓްތައް ހަދައިގެން ނުފެތުރުމަށް ނަސޭހަތްތެރި ވަމެވެ." ޢަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރު ވަނީ ކަންކަން އޮޅޭ ގޮތަށް މިފަދަ ވާހަކަތައް ހަދައިގެން ނުފެތުރުމަށް ނަސޭހަތްތެރިވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު