އާރުޓީއެލް ފެރީގެ ނިޒާމުގައި ބޭނުންކުރުމަށް ހއ. ތުރާކުނުގައި ހަދަން ފެށި ފެރީ ހަޓްގެ މަސައްކަތްތައް ނިމިއްޖެއެވެ.
އެމްޓިސީސީން ބުނީ މިއީ އާރް.ޓީ.އެލް. ފެރީ ނިޒާމްގެ ދަށުން ޒޯން 1 ގައި ޤާއިމުކުރެވޭ ފެރީ ސްޓޮޕެއްކަމަަށެވެ.
ހއ. ތުރާކުނު ފެރީ ސްޓޮޕްގެ މަސައްކަތްތަކުގެ ތެރޭގައި، ކިއޮސްކަކާއި، ޔުނިވަރސަލް ޓޮއިލެޓަކާއި ވެއިޓިންގް އޭރިއާއެއް ޤާއިމުކުރުން ހިމެނޭކަމަށް އެމްޓިސީސީން ބުނެއެވެ.
އެމްޓީސީސީގެ ބިޔަ މަޝްރޫއު، ރާއްޖެ ޓްރާންސްޕޯޓް ލިންކް ނުވަތަ އާރުޓީއެލްގެ ފެރީގެ ޚިދުމަތުގެ ޒޯން 1ގެ ފެރީ ޓަރމިނަލްތަކާއި ފެރީ ސްޓޮޕްތަކުގެ މަސައްކަތް އަންނަ މިމަހު ނިންމާލެވޭނެކަމަށް އެމްޓީސީސީން ވަނީ މީގެކުރިން ހާމަކޮށްފައެވެ.
އާރްޓީއެލްގެ ޚިދުމަތް ޒޯން 1ގައި ފެށީ ޖޫންމަހުގެ 12ވަނަ ދުވަހުއެވެ. ޚިދުމަތް ފެށީ ހދ. އަތޮޅުންނެވެ. ހއ.އަތޮޅުގައި ޚިދުމަތް ފެށީ ޖުލައި މަހުގެ 3ވަނަ ދުވަހުއެވެ. ޒޯން1ގައި ހިމެނެނީ ހއ، ހދ، ށ، މި 3 އަތޮޅެވެ.
މި ޚިދުމަތް ސަރުކާރުން ދޭން ކަނޑައަޅާފައިވަނީ ވީހާވެސް ކުޑަ އަގެއްގައެވެ. އެގޮތުން ކައިރި ރަށްރަށަށް 35 ރުފިޔާއަށް ދަތުރުކުރެވެއެވެ. ދުރު ރަށްރަށުގެ އަގުތައް އުޅެނީ 100ރުފިޔާއާއި 200ރުފިޔާއާ ދެމެދުގައެވެ.
އެމްޓިސީސީން ބުނީ މި ނިޒާމު ނިމޭއިރު ފެރީ ޓަރމިނަލް ނެތް ރަށެއް ރާއްޖޭގައި ނޯންނާނެކަމަށެވެ.
ހއ، ހދ، އަދި ށ އަތޮޅު ހިމެނޭ ޒޯން 1ގައި މީހުން ދިރިއުޅޭ 40 ރަށް އޮވެއެވެ.

We have completed construction of Ha. Thuraakunu Ferry Hut. This falls within the purview of Ferry Stops constructed at Zone 1 of "Raajje Transport Link" project.#RTLFerry #ConnectingRaajje pic.twitter.com/W8MFqQSRZZ
— MTCC Plc (@MTCCPlc) September 4, 2022
އެމްޓީސީސީގެ ބިޔަ މަޝްރޫއު، ރާއްޖެ ޓްރާންސްޕޯޓް ލިންކް ނުވަތަ އާރުޓީއެލްގެ ފެރީގެ ޚިދުމަތުގެ ޒޯން 1ގެ ފެރީ ޓަރމިނަލްތަކާއި ފެރީ ސްޓޮޕްތަކުގެ މަސައްކަތް އަންނަ މިމަހު ނިންމާލެވޭނެކަމަށް އެމްޓީސީސީން ވަނީ މީގެކުރިން ހާމަކޮށްފައެވެ.
އާރްޓީއެލްގެ ޚިދުމަތް ޒޯން 1ގައި ފެށީ ޖޫންމަހުގެ 12ވަނަ ދުވަހުއެވެ. ޚިދުމަތް ފެށީ ހދ. އަތޮޅުންނެވެ. ހއ.އަތޮޅުގައި ޚިދުމަތް ފެށީ ޖުލައި މަހުގެ 3ވަނަ ދުވަހުއެވެ. ޒޯން1ގައި ހިމެނެނީ ހއ، ހދ، ށ، މި 3 އަތޮޅެވެ.
މި ޚިދުމަތް ސަރުކާރުން ދޭން ކަނޑައަޅާފައިވަނީ ވީހާވެސް ކުޑަ އަގެއްގައެވެ. އެގޮތުން ކައިރި ރަށްރަށަށް 35 ރުފިޔާއަށް ދަތުރުކުރެވެއެވެ. ދުރު ރަށްރަށުގެ އަގުތައް އުޅެނީ 100ރުފިޔާއާއި 200ރުފިޔާއާ ދެމެދުގައެވެ.
އެމްޓިސީސީން ބުނީ މި ނިޒާމު ނިމޭއިރު ފެރީ ޓަރމިނަލް ނެތް ރަށެއް ރާއްޖޭގައި ނޯންނާނެކަމަށެވެ.
ހއ، ހދ، އަދި ށ އަތޮޅު ހިމެނޭ ޒޯން 1ގައި މީހުން ދިރިއުޅޭ 40 ރަށް އޮވެއެވެ.
ކިޔުންތެރިންގެ ހިޔާލު