ބަސްދަތުރަށް އަރާމީހުން މުދާލޮރީ ފަހަތުގައި ނިދަންތިބެން ނުޖެހޭނެގޮތަށް ބަސް ދަތުރުކުރާ މަގުތަކުގެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާ މަނިކު އެދިވަޑައިގެންފިއެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް މިއަދު ފަށާފައިވާއިރު މާލޭގެ ތިން ރޫޓަކުން ބަސްތައް ދަތުރު ކުރާނެ އެވެ. އެއިން ކޮންމެ ރޫޓެއްގައި ދަތުރު ކުރާ ކޮންމެ ބަހެއް ވެސް، ބަސް ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ދަތުރެއް ކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މިނީބަހުގެ ޚިދުމަތް މިއަދު ފަށާއިރުވާއިރު މާލޭގެ މަގުތަކުގެ ތޮއްޖެހުމަށް އިޝާރާތްކުރަށްވަމުން ރީކޯ މޫސަ ވިދާޅުވީ ބަސް ދަތުރުކުރާ މަގުތަކުގައި މުދާއަރުވާ ބާލަން ވަކި ގަޑިތަކެއް ހަމަޖައްސަވައި އެގަޑިތަކުގައި ނޫނީ އެކަން ނުކުރެވޭގޮތް ހެއްދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ލޮރީއެއްގެ މުދާ ގުދަނަކަށް ވައްދާނިމެންދެން ބަސްދަތުރަށް އެރިމީހުން ލޮރީފަހަތުގައި ބަހުގައި ނިދަންތިބެން ނުޖައްސާތި." ރީކޯ މޫސަ އެދިވަޑައިގެންފައިވެއެވެ.



އެމްޓީސީސީއިން ބުނީ އާރްޓީއެލް ބަސް އަމީނީ ރޫޓާއި ސޯސަން ރޫޓާއި އޯކިޑް ރޫޓުން ދަތުރުކުރާއިރު މި ރޫޓުތަކުން މާލޭގެ ހަތަރު އަވަށް ކަމުގައިވާ ހެންވޭރު، ގަލޮޅު، މައްޗަންގޮޅި އާއި މާފަންނުގައި ދަތުރު ކުރާނެ ކަމަށެވެ. މި ތިން ރޫޓުގައި ޖުމްލަ 40 ބަސް ސްޓޮޕް ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެެވެ.

މާލޭގައި ބަހުގެ ހިދުމަތް ދިނުމުގައި 18 ބަސް ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަ ހުންނަ ބަސްތަކަށް ވާއިރު މިނީ ބަސްތަކުގައި 20 ނުވަތަ 22 މީހުންނަށް އިށީދިގެން އަދި 10 މީހުންނަށް ކޮޅަށް ތިބެގެން ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން