އުފަލަކީ މިނީބަހުގެ ޚިދުމަތާއެކު ރައްޔިތުންގެ ތަކުލީފުތަކަށް ލުއި ލިބިގެން ދިޔުންކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އާރުޓީއެލް މިނީބަހުގެ ޚިދުމަތް މާލޭގައި ފަށާފައިވާއިރު ދަތުރުފަތުރާބެހޭ ވަޒީރު ޢާއިޝަތު ނަހުލާ މިއަދު އޮފީހަށް ވަޑައިގެންފައިވަނީ ޢާއްމުންނާއެކު ބަހުގައި ދަތުރު ކުރަށްވާފައެވެ. އެކަމަނާގެ ތަޖުރިބާ ޙިއްސާކުރަމުން ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނެފައިވަނީ މިނީބަހުގެ ޚިދުމަތާއެކު ރައްޔިތުންގެ ތަކުލީފުތަކަށް ލުއި ލިބިގެން ދިއުމަކީ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.
ޖީބަށް ލުއި، ރައްޔިތުންނަށް އިތުބާރު ހިފޭ އަދި ވަށައިޖެހޭ ދަތުރު ފަތުރުގެ ނިޒާމެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެއްކަން ދަތުރުފަތުރާބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. އަދި މިނީބަހުގެ މަސައްކަތަކީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުން ކޮށްފައިވާ މަސައްކަތެއްކަމަށްވެސް ވަނީ ބުނެފައެވެ.
"އުފަލަކީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން މި ކަންކަން ހަގީގަތަކަށްވެ، ރައްޔިތުންގެ ތަކުލީފުތަކަށް ލުއި ލިބިގެން ދިޔުން." ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މިނީބަހުގެ ޚިދުމަތާއެކު ފުލުހުންގެ އިސް އޮފިސަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް މިއަދު އޮފީހަށް ވަޑައިގެންފައިވަނީ ބަހުގައެވެ.
ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ވިދާޅުވީ ބަސްދަތުރުތަކަކީ ރައްކާތެރި އަދި މިހާރަށްވުރެ ލުއިފަސޭހަ ނިޒާމެއްކަން ކަށަވަރު ކުރުމަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ދެއްވާނެ ކަމަށެވެ. އެގޮތުން އެ މަސައްކަތަށް އިތުރު ވަސީލަތްތައް ހަމަޖައްސަވާނެކަމަށް ޙަމީދު ވިދާޅުވިއެވެ. ސީޕީ ވަނީ މަގުތައް ބޭނުންކުރަށްވާ އެންމެހާ ފަރާތްތަކުން ޓްރެފިކް ޤަވާއިދުތަކަށް މިހާރަށްވުރެ ބޮޑަށް ތަބާވުމަށްވެސް އެދިވަޑައިގެންފައެވެ.
އެމްޓީސީސީއިން ބުނީ އާރްޓީއެލް ބަސް އަމީނީ ރޫޓާއި ސޯސަން ރޫޓާއި އޯކިޑް ރޫޓުން ދަތުރުކުރާއިރު މި ރޫޓުތަކުން މާލޭގެ ހަތަރު އަވަށް ކަމުގައިވާ ހެންވޭރު، ގަލޮޅު، މައްޗަންގޮޅި އާއި މާފަންނުގައި ދަތުރު ކުރާނެ ކަމަށެވެ. މި ތިން ރޫޓުގައި ޖުމްލަ 40 ބަސް ސްޓޮޕް ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެެވެ.
ކޮންމެ ރޫޓެއްގައި ދަތުރު ކުރާ ކޮންމެ ބަހެއް ވެސް، ބަސް ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ދަތުރެއް ކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މި ހިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ޖީބަށް ލުައި، ރައްޔިތުންނަށް އިތުބާރު ހިފޭ އަދި ވަށައިޖެހޭ ދަތުރު ފަތުރުގެ ނިޒާމެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ @ibusolih ގެ ވައުދުފުޅެއް. އުފަލަކީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން މި ކަންކަން ހަގީގަތަކަށްވެ، ރައްޔިތުންގެ ތަކުލީފުތަކަށް ލުއި ލިބިގެން ދިޔުން. pic.twitter.com/e9vUIPWo9y
— Ministry of Transport and Civil Aviation (@MoTCAmv) September 6, 2022
މިނީބަހުގެ ޚިދުމަތާއެކު ފުލުހުންގެ އިސް އޮފިސަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް މިއަދު އޮފީހަށް ވަޑައިގެންފައިވަނީ ބަހުގައެވެ.
ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ވިދާޅުވީ ބަސްދަތުރުތަކަކީ ރައްކާތެރި އަދި މިހާރަށްވުރެ ލުއިފަސޭހަ ނިޒާމެއްކަން ކަށަވަރު ކުރުމަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ދެއްވާނެ ކަމަށެވެ. އެގޮތުން އެ މަސައްކަތަށް އިތުރު ވަސީލަތްތައް ހަމަޖައްސަވާނެކަމަށް ޙަމީދު ވިދާޅުވިއެވެ. ސީޕީ ވަނީ މަގުތައް ބޭނުންކުރަށްވާ އެންމެހާ ފަރާތްތަކުން ޓްރެފިކް ޤަވާއިދުތަކަށް މިހާރަށްވުރެ ބޮޑަށް ތަބާވުމަށްވެސް އެދިވަޑައިގެންފައެވެ.
Hopped on a @RTLnetwork Male’ Minibus with team to experience the service & its operation. @PoliceMv will dedicate more resources to this great initiative for it to be a safe & unhindered public transport service. Urge all road users to comply with traffic rules to make it work. pic.twitter.com/RwjXKlcPGb
— Mohamed Hameed (@M_Hameedh) September 6, 2022
އެމްޓީސީސީއިން ބުނީ އާރްޓީއެލް ބަސް އަމީނީ ރޫޓާއި ސޯސަން ރޫޓާއި އޯކިޑް ރޫޓުން ދަތުރުކުރާއިރު މި ރޫޓުތަކުން މާލޭގެ ހަތަރު އަވަށް ކަމުގައިވާ ހެންވޭރު، ގަލޮޅު، މައްޗަންގޮޅި އާއި މާފަންނުގައި ދަތުރު ކުރާނެ ކަމަށެވެ. މި ތިން ރޫޓުގައި ޖުމްލަ 40 ބަސް ސްޓޮޕް ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެެވެ.
ކޮންމެ ރޫޓެއްގައި ދަތުރު ކުރާ ކޮންމެ ބަހެއް ވެސް، ބަސް ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ދަތުރެއް ކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މި ހިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
ކިޔުންތެރިންގެ ހިޔާލު