މިނީ ބަހުގެ ހިދުމަތަށް ފަސޭހަކޮށްދިނުމުގެ ގޮތުން ސޯސަންމަގުގެ އުތުރުގައިވެސް ޕާކުކުރުން މަނާކޮށްފިއެވެ.
މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސޯސަން މަގުގެ އުތުރުން އޮންނަ ބަހުސް ރޫޓަށް ދަތިވާ ގޮތަށް ވަރަށް ގިނަ ސައިކަލު ޕާކުކުރާކަމަށެވެ. އެހެންކަމުން ސޯސަން މަގު އުތުރުގައިވެސް ޕާކު ކުރުން މަނާކުރީ، މިނީ ބަހުގެ ހިދުމަތަށް ފަސޭހަކުރަން މަގު ހުސްކުރަން ސަރުކާރުން އެންގެމުންކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިނީ ބަހުގެ ހިދުމަތް ފެށުމަށް މީގެކުރިން ޕާކްކުރުން މަނާކޮށްފައި އޮތީ މަޖީދީ މަގާއި އަމީނީ މަގާއި އޯކިޑް މަގުގެ އިތުރުން ފަރީދީ މަގެވެ. އޭގެތެރެއިން މަޖީދީ މަގުގައި މިހާރުވެސް ޕާކު ނުކުރެވޭ ގޮތް ވަނީ ހަދާފައެވެ.
މުއިއްޒު ވިދާޅުވީ ޕާކިންގ ޒޯންތައް ނެގިޔަސް، ޕާކްކުރާނެ އެކަށީގެންވާ ސަރަހައްދުތައް ނުލިބޭކަމަށެވެ.
މާލޭގައި މިދިޔަ ހަފްތާގައި ބަހުގެ ހިދުމަތް ފަށާފައިވާއިރު ކޮންމެ ދުވަހެއްގެ ވެސް ފަތިހު 5:45 އިން ދަންވަރު 12:15 އަށް ބަހުގެ ހިދުމަތް ދެއެވެ. އަދި މިހާރު ބަހުގެ ހިދުމަތް ހޯދާ މީހުންގެ އަދަދު އުޅެނީ 9000 އިން މަތީގައެވެ.
އެމްޓީސީސީއިން ބުނީ އާރްޓީއެލް ބަސް އަމީނީ ރޫޓާއި ސޯސަން ރޫޓާއި އޯކިޑް ރޫޓުން ދަތުރުކުރާއިރު މި ރޫޓުތަކުން މާލޭގެ ހަތަރު އަވަށް ކަމުގައިވާ ހެންވޭރު، ގަލޮޅު، މައްޗަންގޮޅި އާއި މާފަންނުގައި ދަތުރު ކުރާނެ ކަމަށެވެ. މި ތިން ރޫޓުގައި ޖުމްލަ 40 ބަސް ސްޓޮޕް ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެެވެ.
ކޮންމެ ރޫޓެއްގައި ދަތުރު ކުރާ ކޮންމެ ބަހެއް ވެސް، ބަސް ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ދަތުރެއް ކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މި ހިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު