ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ވެސް ސީޕްލޭންގެ ހިދުމަތް ފަށަން ސަރުކާރުން ނިންމާފައިވާކަން ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރު ޙުސައިން ނަޒީރު ވިދާޅުވީ، އެ ހިދުމަތް ދޭން ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ، ސީޕްލޭން ޖެއްސުމަށް ބޭނުންވާ ޕްލެޓްފޯމް ނުވަތަ އޮގްޒިލަރީ ގާއިމުކުރާނެ ސަރަހައްދުތައް ވެސް މިހާރު ނިންމާފައިވާ ކަމަށާއި ކޮންމެ 30 ރޭޑިއަސްއެއްގައި ސީޕްލޭންގެ ހިދުމަތްތައް ގާއިމުކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ޑޮމެސްޓިކް އެއަރޕޯޓް ނާޅާ ރަށްރަށް ސީޕްލޭނުން ގުޅާލުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ރަށްތައް ގުޅާލުމަށް ރައީސް ޞާލިޙް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން، ސީޕްލޭންގެ ހިދުމަތް ރަށްރަށަށް ފަށަން ނިންމާފައިވާއިރު، މިކަމަކީ ކޮންމެ ރަށެއްގައި އެއާޕޯޓެއް ނާޅައި ވައިގެ ދަތުރުފަތުރުގެ ނިޒާމް ގާއިމްކުރުމަށް ކުރެވޭ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް މިހާރު އާންމުކޮށް ދެމުންދަނީ، ހަމައެކަނި ޓޫރިސްޓް ރިސޯޓްތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު