ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ނަފާ އެންމެ ހެޔޮގޮތުގައި ރައްޔިތުންނާއި ހަމައަށް ފޯރީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައި މިއަދު ރީކޯ ވިދާޅުވީ، ފަތުރުވެރިކަމުގެ ނަފާ އެންމެ ހެޔޮ ގޮތުގައި ރައްޔިތުންނާއި ހަމައަށް ފޯރީ 2008 ގައި އުފެދުނު އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީގެ މެނިފެސްޓޯއާއި އެއްގޮތަށް ރައީސް މުޙައްމަދު ނަޝީދު، މަޖިލީހަށް ފޮނުއްވި ޓެކްސް ނެގުމުގެ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރި ހިސާބުން ކަމަށެވެ.

މީގެ އިތުރުންވެސް މި މުނާސަބަތާއި ގުޅުވައި ރީކޯ ވިދާޅުވީ، ފަތުރުވެރިކަމުގެ ޕައިނިއަރުންނަށް އެ މަސައްކަތާއިގެން ކުރިޔަށް ވަޑައިގެންނެވުނީ އޭރުގެ ސަރުކާރު ހިންގަވަން ހުންނެވި މަރްޙޫމް އިބްރާހީމް ނާސިރު އެކަމަށް ފަހިކޮށްދެއްވި ފުރުސަތުގެ ސަބަބުންކަން ޔަގީންވާ ކަމަށެވެ. އަދި ހުޅުލޭ އެއަރޕޯޓުގެ ނަން ރައީސް ނާސިރާއި ގުޅުވައިގެން ކިޔާފައި އެވަނީ ވެސް އެހެންވެގެން ކަމަށް ރީކޯ ވަނީ ވިދާޅުވެފައެވެ.

ރީކޯ މިފަދައިން ވިދާޅުވެފައި މިވަނީ، ރޭ ބޭއްވި ޖަލްސާއެއްގައި، ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑެތި ވިޔަފާރިވެރިން އެ ދާއިރާއަށް ކޮށްދެއްވާ ހިދުމަތާއި ގުޅިގެން އެ ފަރާތްތަކަށް ވަރަށް ބޮޑަށް ތައުރީފުކޮށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާފައި ވަނިކޮށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ އުފައްދަވާ، ޓެކްސް ނެގޭނެ ހަރުދަނާ ނިޒާމެއް ގާއިމު ކުރެއްވިއެވެ. އޭގެ ސަބަބުން، ތަފާތު ނަންނަމުގައި ނެގޭ ޓެކްސްތަކުން ރާއްޖެއަށް އާމްދަނީ ލިބޭ މިންވަރު އެތައްތަނެއް އިތުރުވެގެން ދިޔައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ކޯރި

07-Oct-2022

“ޙިޔާލު” މިތަން “ޚިޔާލު” މިގޮތަށް ރަނގަޅުކޮށްލާ!!! ދެން ބިނެލަން އޮތީ ރިސޯޓް ހިންގަން ދިން ވަގުތީ ހުއްދައިގެ ދަށުން އެންމެ ފައިދާކުރީވެސް ތިމަންނައަށޭ… އަދިވެސް ވަގުތީގަ….



ޓްރެންޑިން