އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނަތް ހިންގުމުގެ މުގުލުގައި ތިބި މީހުންނާއެކު ދައުލަތުން އެއްބަސްވުން ހެދީ ދައުލަތުން ގެއްލިފައިވާ ފައިސާ ލިިބޭ ގޮތަކަށް ނޫން ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ ރަށްތަކުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް، ޝަރުޢީ ކޯޓުތައް މެދުވެރިކޮށް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ހާމަކުރެއްވުމާއި ގުޅިގެންނެެވެ.

ރައީސްގެ ވާހަކަފުޅާއި ގުޅިގެން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހްމަދު މުއިއްޒުވަނީ ބޮޑު ޚިޔާނާތުން ގެއްލުނު ފައިސާ ހޯދުމުގެ އެންމެ މައްސަލައެއް ވެސް ކޯޓަށް ހުށަހަޅާފައި ވޭތޯ ސުވާލު ކުރައްވާފައެވެ. މުއިއްޒު ވިދާޅުވީ އެމްއެމްޕީއާރްސީން ވައްކަން ކުރި މީހުންނާއިއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުންތަކުގައި ދައުލަތުގެ މަސްލަހަތު ރައްކާތެރި ކުރެވިފައި ނުވާ ކަމަށެވެ.



"އެމްއެމްޕީއާރްސީގެ މުގުލުގައި ތިބި މީހުންނާއިއެކީ އެއްބަސްވުންތައް ހަދާފައި ވަނީ ދައުލަތައް ލިބެން ޖެހޭ ފައިސާ ލިބޭ ގޮތަކަށް ނޫން. ދައުލަތުގެ މަސްލަހަތު ރައްކާތެރި ކުރެވިފައެއް ނުވޭ." ކުރީގެ ޕީޖީ މުއިއްޒު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ބޮޑު ޚިޔާނަތް ހިންގުމުގައި އެންމެ އިސްކޮށް ތިބި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތާއިއެކު ދައުލަތުން ވަނީ އިއުތިރާފުގެ އެއްބަސްވުންތައް ހަދާފައެވެ. ދައުލަތަށް ގެއްލިފައިވާ ފައިސާއިން އެއްވެސް މިންވަރެއް އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ވެސް އަނބުރާ ހޯދިފައި ނުވާއިރު ޚިޔާނާތުން ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް އޭސީސީން މިހާރު ވަނީ ފަށާފައެެވެ.

އަދީބާއި ޒިޔަތުގެ އިތުރުން އެސްއޯއެފްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އައްލާމް އާއި އަދީބުގެ އެހެން ބައެއް އެކުވެރިންނާއިއެކު ވެސް އިއުތިރާފުގެ އެއްބަސްވުންތަކެއް ދައުލަތުން ވަނީ ހަދާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ، އެންމެ ބޮޑު ގޮންޖެހުމަކީ، ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ބައެއް ތަންތަން، އަހަރުތަކެއް ވެގެން ދިޔައިރުވެސް ތަރައްޤީ ނުކުރެވި އޮތް އޮތުން ކަމަށެވެ. އެގޮތުން އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް، ދޫކުރި ރަށްތަކާއި ފަޅުތައް ތަރައްގީ ނުކުރެވި އޮތުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ރަށްތަކާއި ފަޅުތައް، ބަޔަކަށް ވިއްކައިލިއިރު، އެ ތަންތަނުގެ އަގުވެސް ދައުލަތަކަށް ނުލިބޭ. އެ ތަންތަނުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް، ޝަރުޢީ ކޯޓުތައް މެދުވެރިކޮށް މި އަންނަނީ ކުރަމުން. އަދި ބައެއް ރަށްތަކާއި ފަޅުތަކުގެ މައްސަލަތައް، އޭސީސީ އިން އަންނަނީ ތަޙުޤީޤު ކުރަމުން." ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޢިބުރާހިމު

07-Oct-2022

އެކަންވެސް އަތަށްގޮށްވާލީތިޔަ ސާބަހޭމުއިއްޒޫ



ޓްރެންޑިން