ޤަވާއިދާއި ޚިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރާނެ ކަމުގެ އިންޒާރު މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ ދެއްވައިފިއެވެ.
މިނިސްޓަރ ނަހުލާ މިއަދު ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި ހަދަމުންދާ އޮޑިޓްގެ ތެރެއިން އޮޅުވާލައިގެން ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތައް ދަނީ ފެންނަމުން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ގަވާއިދާއި ހިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރާނެ ކަމަށެވެ. އެހެންކަމުން އުޅަނދު ރަޖިސްޓަރ ކުރުމުގައި ގަވާއިދުގެ ތެރެއިން އެކަން ކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރަށްވާފައެވެ.
"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދުފުޅެއް. ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަކި މީހަކަށް ބެލުމެއްނެތި އަޅާނެ ކަމުގެ ޔަގީންކަން އަރުވަން." މިނިސްޓަރ މިއަދު ވިދާޅުވެފައިވެއެވެ.
މިނިސްޓަރ ވިދާޅުވީ ޤަވާއިދާއި ޚިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތައް ހަމަމަގަށް އެޅުމުގައި އެއްވެސް ފަސްޖެހުމެއްނެތި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވަނީ 98 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލުކޮށްފައެވެ. އޭގެއިތުރުން މިދިޔަ މަހުގެ ފަހުކޮޅު ވަނީ 50 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލުކޮށް އެކަން އިއުލާންްކޮށްފައެވެ.
މި ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލުކުރީ ޤަވާއިދާއި ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކެއްކަން ފާހަގަކުރެވިފައިވާތީ ކަމަށް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް. ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަކި މީހަކަށް ބެލުމެއްނެތި އަޅާނެ ކަމުގެ ޔަގީންކަން އަރުވަން.
— Aishath Nahula (@aishath_nahula) October 6, 2022
މިނިސްޓަރ ވިދާޅުވީ ޤަވާއިދާއި ޚިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތައް ހަމަމަގަށް އެޅުމުގައި އެއްވެސް ފަސްޖެހުމެއްނެތި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވަނީ 98 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލުކޮށްފައެވެ. އޭގެއިތުރުން މިދިޔަ މަހުގެ ފަހުކޮޅު ވަނީ 50 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލުކޮށް އެކަން އިއުލާންްކޮށްފައެވެ.
މި ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލުކުރީ ޤަވާއިދާއި ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކެއްކަން ފާހަގަކުރެވިފައިވާތީ ކަމަށް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު