ހއ. ތުރާކުނުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ 07 އޮކްޓޯބަރު 2022 ގައި ތުރާކުނުގައި ބޭއްްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަަލީ އާއި ރައްޔިތުންގެ މަޖްލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.

މިރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ތުރާކުނު ކައުންސިލުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

300 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް ޙަވާލުކޮށްފައިވަނީ 10.6 މިލިއަން ރުފިޔާއަށް މައިކްރޯން ޕްރިވެޓް ލިމިޓެޑާ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި ޕްރޮޖެކްޓް އެ ކުންފުންޏާއި ޙަވާލުކޮށްފައިވަނީ 23 މާޗް 2022 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން