އިންޓަރނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީގައި ދިވެހިރާއްޖެ ތަމްސީލްކުރި އާއިޝަތު ލީޝް އަޢުރަފް ފާރޫޤް މުބާރާތުގެ ގަދަ10 ގައި ވާދަކޮށްފައިވާ ކަމަށް ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ހާމަކޮށްފިއެވެ.
ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ މި މުބާރާތުގައި ބައިވެރިވުމަށް، ދަރިވަރަކު ހޮވާފައިވަނީ މިކަމަށް ޚާއްސަ އޮޑިޝަނެއް ބާއްވާ، އެ އޮޑިޝަނުން ހޮވުނު ދަރިވަރެވެ.
މެލޭޝިއާ ސަރުކާރުން އިންތިޒާމްކޮށްގެން ބޭއްވި މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރި އުމުރުން 15 އަހަރުގެ އާއިޝަތު ލީޝް އަޢުރަފް ފާރޫޤަކީ މުބާރާތުގައި ބައިވެރިވި އެންމެ ހަގު ދަރިވަރުކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މަޢުލޫމާތު ދީފައިވެއެވެ.
ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ ބައިވެރިންތަކަކާއި އެކު ވާދަކޮށް ލީޝް ގަދަ10 ގައި ހިމެނުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާތާ ވިއްސަކަށް އަހަރު ވެފައިވާއިރު، ރާއްޖެއިން މި މުބާރާތުގައި ބައިވެރިވާ ދަރިވަރުން، ގަދަ 10 އަދި ގަދަ 5 ގައިވެސް ހިމެނޭކަން އެ މަރުކަޒުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު