ކޮވިޑް-19 އާއި ގުޅިގެން ޒިމްބާބްވޭއަށް ބޭނުންވާ ސިއްހީ ސާމާނު ގަތުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުގައި އެ ގައުމުގެ ހެލްތް މިނިސްޓަރު އޮބާޑިއާ މޯޔޯ ހައްރުކޮށްފިއެވެ.
ހެލްތް މިނިސްޓަރު ހިންގަމުން ދިޔަކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ އަމަލުތައް އެންމެ ފުރަތަމަ ފެންމަތިކޮށްފައިވަނީ، އެ ގައުމުގެ ނޫސްވެރިންނެވެ. މިގޮތުން އޭނާ އަށް ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި ފޭސް މާސްކްތަކެއް 22 ޑޮލަރުގެ މަގުން ގަތުމާއި، ޕީޕީއީ ފަދަ ސާމާނު ގަތުން މާކެޓް ރޭޓައްވުރެ ބޮޑުކޮށް، އަޑި ނޭނގޭ ކުންފުންޏަކާއި ހަވާލުކުރުން ހިމެނެއެވެ. މި ކަމާއި ގުޅިގެން ރައްޔިތުން ނުރުހުން ފާޅުކުރަން ފެށެމުން ސަރުކާރުން ވަނީ މި ކުންފުންޏާއި އެއްކޮށް ހަދާފައިވާ އެއްބަސްވުންތައް ބާތިލްކޮށް މައްސަލަ ބަލަން ފަށާފައެވެ.
މި މައްސަލައިގެ ކޯޓު މަރުހަލާ ހިނގަމުންދާއިރު، 60 މިލިއަން ޑޮލަރުގެ ކޮރަޕްޝަނުގައި ބައިވެރިވާ ކުންފުންޏާއި ޒިންބާބުވޭގެ ރައީސްގެ އާއިލާއާއި ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ކަމަށްވެސް އިންޑިޕެންޑެންޓް ނޫހުގެ ވެބްސައިޓްގައި ލިޔެފައިވެއެވެ.
ޒިމްބާބްވޭގައި ކޮރޯނާވައިރަސް ފެތުރެމުންދާއިރު، ސިއްހީ ހިދުމަތްތެރީންނަށް ބޭނުންވާ ޕްރޮޓެކްޓިވް ސާމާނު ނުލިބޭކަމުގެ ޝަކުވާވަނީ ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު