ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް ބޮޑު އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ޒިމްބާބްވޭގައި ބައެއް މަހުޖަނުންގެ "ލައިފްސްޓައިލް" އޮޑިޓެއް ހަދަން އެގައުމުގެ ކަމާއިބެހޭ އިދާރާތަކުން ނިންމައިފިއެވެ.

ޒިމްބާބްވޭ އިގްތިސޯދީ ވަޅުގަނޑަކަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި ފަށާފައިވާ މި އޮޑިޓްގައި, މަހުޖަނުންގެ ހަރަދުތައް ހުންނަ ގޮތް ބަލައި އެ މީހުން ގަނެފައިވާ މުދަލާއި އެހެނިހެން ތަކެތީގެ އިންވޮއިސްތައް ހޯދަންވަނީ ހަމަޖެހިފައެވެ. އަދި އެމީހުންގެ ވިޔަފާރިތަކުން ބަރާބަރަށް ޓެކްސް ދައްކާތޯވެސް ބަލާނެއެވެ. މީގެ އިތުރުން، މަހުޖަނުން އެމީހުންގެ އެކައުންޓުތަކުގައިވާ ފާއިސާ ހޯދާފައިވަނީ ހައްގު ގޮތުގައިކަން އެގައުމުގެ ހައި ކޯޓަށް ސާބިތުކޮށްދޭން ޖެހޭކަމަށް ވެސް ބީބީސީން ރިޕޯޓް ކޮށްފައިވެއެވެ.

ނުހައްގު މުއްސަނދިކަމާއި ދެކޮޅަށް ޒިމްބާބްވޭގައި މި މަސައްކަތްތައް ފަށާފައިވާއިރު، އިނގިރޭސިވިލާތުގައިވެސް ވަނީ މަހުޖަނުން ޖަވާދާރިކުރުވޭ ގޮތަށް ގާނޫނެއްހަދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން