ހައްޖުވެރިންތަކެއް މާސްކް އަޅައިގެން
ހައްޖުވެރިންތަކެއް މާސްކް އަޅައިގެން
ކޯވިޑް-19ގެ ބަލިމަޑުކަމާއިގުޅިގެން މިއަހަރު ހައްޖު ވެވޭނީ ސައުދީ އަރަބިއްޔާގައި ދިރި އުޅެމުންދާ މީހުންނަށް އެކަނި ކަމަށް އެގައުމުގެ މިނިސްޓްރީ އޮފް ހައްޖު އިން ބުނެފިއެވެ.

އެގައުމުގެ ހައްޖު މިނިސްޓްރީން ނެރުނު ބަޔާނެއް ގައި ބުނެފައިވާގޮތުން ސައުދީގައި ދިރިއުޅެމުންދާ ކޮންމެ ގައުމެއްގެ މުސްލިމަކަށްވެސް ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތްތާގައި ކޯވިޑް-19 ގެ ނުރައްކާ އިތުރަށް ބޮޑުވެގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރާތީ، ހައްޖުގެ އަޅުކަމުގެ ކަންތައްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މަދު ބަޔަކާއި އެއްކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ.

ސައުދީ އަރަބިއްޔާގައި ހަލުވިކަމާއި އެކީ ކޯވިޑް-19 ފެތުރެމުންދާއިރު، ބައެއް ގައުމުތަކުންވަނީ އެގައުމުތަކުގެ މީހުން ހައްޖަށް ނުފޮނުވަން ނިންމާވައެވެ. ސައޫދީގައި މިހާތަނަށް 158،000 އަށް ވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި 1،267 މީހަކު ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން