ޤުރުއާން އަންދާލަން ސްވިޑްން ސަރުކާރުން ހުއްދަދިން މައްސަލަ ދިވެހި ސަރުކާރުން ކުށްވެރި ކުރަންޖެހޭކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ކީރިތިޤުރުއާން އަންދާލުމަށް ސްވިޑްން ސަރުކާރުން ހުއްދަދިނުމާ ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންގެންދަނީ އެކަމާ ނުރުހުން ފާޅުކޮށް އިޙްތިޖާޖް ކުރަމުންނެވެ. އެގޮތުން ތުރުކީގައި ހުންނަ ސްވިޑްން ކޮންސިއުލޭޓް ކައިރިއަށް އެޤައުމުގެ ރައްޔިތުން އިއްޔެ ވަނީ އެއްވެފައެވެ.

އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސްގެ މަޤާމުގައިވެސް ހުންނެވި ޑރ. މުޙައްމަދު ޝަހީމް މިއަދު ވިދާޅުވީ މުސްލިމުންގެ މުޤައްދަސްފޮތް ކީރިތި ޤުރުއާން އަންދާލަން ސްވިޑްން ސަރުކާރުން ހުއްދަދިން މައްސަލަ ރާއްޖެއިން ރަސްމީކޮށް ކުށްވެރިކުރަން ޖެހޭނެކަމަށެވެ.



ހަމައެއާއެކު ރާއްޖެއަކީ އިސްލާމީ އުއްމަތުގެ ބައެއްކަމަށް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު